ފާޚާނާއަކީ ޝައިޠޯނާ ހާލިހަދައިގެން އިންނަތަނެކެވެ! ރައްކާތެރިކަން ލިބިގަތުމަށްޓަކާ ވަދެ ނުކުމެވާއިރު ދުޢާކުރަން ސަމާލުވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 49ސ
ފާޚާނާއަކީ ޝައިޠޯނާ ހާލިހަދައިގެން އިންނަތަނެކެވެ! ރައްކާތެރިކަން ލިބިގަތުމަށްޓަކާ ވަދެ ނުކުމެވާއިރު ދުޢާކުރަން ސަމާލުވާށެވެ!

ފާޚާނާއަކީ ޝައިޠޯނާ ހާލިހަދައިގެން އިންނަތަނެކެވެ. ވީމާ ވަންނައިރު އާއި ނުކުންނައިރު ދުޢާކުރަން ސަމާލުކަންދޭށެވެ! އެކަމަށް ފަރުވާތެރިވާށެވެ! ޝައިޠޯނާ ތިބާގެ މައްޗަށް ބާރުފޯރުވިކަން އެނގޭނީ ކޮންވަގުތަކުކަން ނުއެނގޭނެއެވެ. ފުރުޞަތުގެ ބޭނުން ހިފާނީ އޭތި ބޭނުންވަތުތަކުއެވެ.  

ފާޚާނާއަށް ވަންނަމުން ކިޔާ ދުޢާ 

كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا دَخَلَ الخَلاَءَ قَالَ: «اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الخُبُثِ وَالخَبَائِثِ» [متفق عليه]

މާނައީ: ނަބިއްޔާ صلى الله عليه وسلم ފާޚާނާއަށް ވަދެވަޑައިގަންނަވާހިނދު މިފަދައިން ޙަދީޘްކުރައްވައެވެ.   

«اللهُمَّ إِنِّي أَعُوذُ بِكَ مِنَ الْخُبْثِ وَالْخَبَائِثِ» 

މާނައީ: "އޭ ﷲ! ނުބައިވެގެންވާ ފިރިހެން ޝައިތާނުންނާއި ނުބައިވެގެންވާ އަންހެން ޝައިތާނުންގެ ކިބައިން ރައްކާތެރިކޮށްދެއްވުމަށް އެދި މިއަޅާ އިބަ ﷲ ޙަޟްރަތަށް ދަންނަވަމެވެ. 

[ރިވާކުރެއްވީ އިމާމް ބުޚާރީ އަދި މުސްލިމު رحمهما الله] 

ފާޚާނާއިން ނުކުންނަމުން ކިޔާ ދުޢާ: 

كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ إِذَا خَرَجَ مِنَ الْغَائِطِ قَالَ: «غُفْرَانَكَ» [رواه أحمد] 

މާނައީ: ނަބިއްޔާ صلى الله عليه وسلم ފާޚާނާއިން ނިކުމެވަޑައިގަންނަވާހިނދު މިފަދައިން ޙަދީޘްކުރައްވައެވެ.   

«غُفْرَانَكَ» 

މާނައީ: "އޭ ﷲ! މިއަޅާ އިބަ އިލާހުގެ ޙަޟްރަތުން ފާފަ ފުއްސަވައިދެއްވުމަށް އެދި  ދަންނަވަމެވެ." 

[ރިވާކުރެއްވީ އިމާމް އަޙުމަދު رحمه الله]

މިއަދު އޮންލައިން