الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ދަރިންނަކީ މާތް ﷲ ދެއްވާ ވަރަށް ވެސް ބޮޑު އަމާނާތެކެވެ. އެހާމެބޮޑު ނިޢުމަތެކެވެ. އަނބިމީހާ އަށް ދަރިއަަކު ނުލިބޭކަމަށްވަނީ ނަމަ ޑޮކްޓަރަކަށް ދައްކައިގެން ބޭސްކުރަންވާނެއެވެ. ހަމައެޔާއި އެކު މިކަމަށް އެދި ގިނަ ގިނައިން ދުޢާ ކުރަން ވާނެއެވެ. ދުޢާ އަކީ މުއުމިނުން ގެ ހަތިޔާރެވެ. والله أعلم
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
މިއަދުނޫހަށް ކިޔުންތެރިން ޙިއްޞާކޮށްފައިވާ ބައެއް ޙަޤީޤީ ޙާދިސާތަކުން އެނގޭ ގޮތުގައި ދަރިން ނުލިބޭތީ އަނބިމީހާ ދެކެ ފޫހިވެ، ވަރިކޮށް ނިކަމެތިކޮށްލައި އެހެން މީހަކާ ކައިވެނިކޮށްގެން ލިބޭ ދަރިން ބޮޑެތިވުމުން އެދަރިން ލިބުނުކަމާއިމެދު ހިތާމަކުރަންވެސް ޖެހިފައި އެބަހުއްޓެވެ. އަދި ދަރިން ނުލިބޭތީ ފިރިމީހާ އާއިވަކިވެ އެހެން ފިރިހެނަކާއި ކައިވެނިކޮށްގެން ދަރިންލިބުމުންވެސް ހަމަ މިފަދަ ގޮތްތައް މެދުވެރިވެފައި އެބަހުއްޓެވެ.
އެކަކަށް ދަރިން ނުލިބޭނަމަ ކައިވެނި ރޫޅައިލިނަމަވެސް އެކުވެރިކަމާއި އޯގާތެރިކަމާއިއެކު ކަންކަން ކުރަން ޢިލްމުވެރިން ބާރުއަޅުއްވަވައެވެ. والله أعلم