ދަތިޙާލުގަ ހުރި މީހަކަށް އެހީތެރިވެއްޖެނަމަ ޤިޔާމަތް ދުވަހު އެމީހަކަށް ގޮވައިލައްވަވައި އެމީހަކަށް އެހީތެރިވެވޮޑިގަންނަވާނެތެވެ! އިން ޝާ ﷲ-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ދަތިޙާލުގަ ހުރި މީހަކަށް އެހީތެރިވެއްޖެނަމަ ޤިޔާމަތް ދުވަހު އެމީހަކަށް ގޮވައިލައްވަވައި އެމީހަކަށް އެހީތެރިވެވޮޑިގަންނަވާނެތެވެ! އިން ޝާ ﷲ-: މުފްތީ މެންކް

ޤިޔާމަތް ދުވަހު ގޮވައިލެއްވޭނެތެވެ! "ތިމަން ﷲ އަށްޓަކައި މީސްތަކުންނަށް އެހީތެރިވެ އެމީހުންގެ މުހުތާދުތައް ފުއްދައިދިން މީހުން ކޮބައިހެއްޔެވެ؟ މިއަދު ތިމަން ﷲ އެމީހުންނަށް އެހީތެރިވެވޮޑިގެން އެމީހުންގެ މުހުތާދުތައް ފުއްދަވައި ދެއްވަވާހުށީމެވެ.!" 

ނިކަން ބުނެބަލާށެވެ! ޤިޔާމަތް ދުވަހު މިފަދައިން ގޮވައިލައްވަވާނެއިރު އެމީހުންގެ ތެރޭގައި ހިމެނިއްޖެ މީހަކަށްވުރެ ބޮޑު އުފާވެރިއަކީ ކާކުހެއްޔެވެ؟ މިއަދު މީސްތަކުންނަށް އެހީތެރިވެނުދީ އެމީހުންގެ ބޭނުންތައް ފުއްދައި ނުދީ އެބައިގައި ހިމެނޭނީ ކިހިނަކުންހެއްޔެވެ؟ 

މީސްތަކުންނޭވެ! ނިކަމެތިންނަށް އެހީތެރިވެދޭށެވެ! ދަތިޙާލުގައިވާ މީހުންގެ ބޭނުންތައް ފުއްދައިދޭށެވެ. ދަތިޙާލުގައި ހުރީ ކޮންމެ ޤައުމެއްގެ ކާކުތޯ ބެލުމުގެ ބޭނުމެއް ނެތެވެ. ޝަރުޠަކަށް ހަދަންވީ އެންމެ ކަމެކެވެ. އެއީ އެމީހަކީ ދަތިޙާލުގައި ހުރި މީހެއް ކަމެވެ. ޔަޤީންކުރަންވީ އެހީތެރިމިވަނީ ދަތިޙާލުގައި ހުރި މީހަކަށް ކަމެވެ. 

ޞަދަޤާތް ދިނުމުގައި ދާންވީ ގާތުން ދުރަށެވެ. އަމިއްލަ ޢާއިލާއިން ފެށިގެން ކުރިއަށް ގެންދާށެވެ. ތަނަވަސްކަން ހުރިނަމަ އެހީތެރިކަން ފޯރުކޮށްދިނުން ދުރަށް ގެންދަމުން ގޮސް ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި މީހުންނަށްވެސް އެހީތެރިކަން ފޯރުކޮށްދޭށެވެ. 

ހުވަފަތް އަންހެނުންނަށާއި މުސްކުޅިންނަށާއި ޔަތީމްކުދިންނަށް އަދި ދަތިޙާލުގައި ހުރިނަމަ ކޮންމެ މީހަކަށް ނަމަވެސް އެހީތެރިވެ ތިމާއަކީ ފަށަމުން މިބުނި ފަދައިން ގޮވައިލެއްވެވޭނެ ހިނދު އެބައިގައި ހިމެނިގެންދާނެ މީހަކުކަމުގައިވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން