"އަޅުގަނޑުގެ އަނބިމީހާއަކީ ނިޔަފަތި ދިގުކުރަން ވަރަށް ލޯބިކުރާ އަންހެނެކެވެ. ނިޔަފަތި ދިގުކުރުމަކީ މައްސަލައެއްތޯއެވެ؟"
ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ސާޅީސް ދުވަހަށް ވުރެ އިތުރުވަންދެން ނިޔަފަތި ނުކަނޑާ ހުރުމަކީ ކީރިތި ރަސޫލާ-ޞައްލަ ﷲ ޢަލައިހި ވަސައްލަމަ- މަނާކުރައްވާފައިވާ ކަމެކެވެ.
ނިޔަފަތި ދިގު ކުރުމުގެ ސަބަބުން ވުޟޫގެ ގުނަވަންތަކުގައި ފެން ނުޖެހޭ ކަމަށް ވަނީ ނަމަ ނަމާދު ޞައްޙަ އެއް ނުވާނެއެވެ. އެހެންނޫނީ މައްސަލަ އެއް ނެތެވެ. والله أعلم
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް