ޢުމުރު ދިގުކުރަން ބޭނުންނަމަ އަވަހަށް ނިދަން އިލްތިމާސްކުރަން ފަށައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ޢުމުރު ދިގުކުރަން ބޭނުންނަމަ އަވަހަށް ނިދަން އިލްތިމާސްކުރަން ފަށައިފި!

އަވަހަށް ނިދުމުން ލިބޭ ފައިދާ ދެނެގަންނަން ކުރަމުން ގެންދާ ދިރާސާތަކުގެ ބައެއް ނަތީޖާތައް ހާމަކޮށްފިއެވެ.

އެއްކަމަކަށް ބުނެފައިވަނީ އަވަހަށް ނިދައި ފުރިހަމަ ގޮތުގައި ނިދި ކިބިގަންނަނަމަ ޢުމުރުން 5 އަހަރު ދިގުވާކަމަށެވެ. ދެން ބުނެފައިވަނީ ހިތުގެ ބަލިތައް ޖެހުން މަދުވެ ލޭމައްޗަށް ދިއުމުގެ ބަލިން ސަލާމަތްވާ ކަމަށެވެ. 

މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި މެންދުރު އިރުކޮޅަކު އަރާމުކޮށްލުމަކީ (ނިދައިލުމަކީ) މީހާއަށް އިތުރު ހަކަތަ ލިބި ކުރަން ހުންނަ މަސައްކަތްތައް ކުރަން ހަކަތަ ލިބިގެންދާ ކަމެކެވެ. 

ދިރާސާތައް ކުރާވަރަކަށް އެނގެމުން މިދަނީ އިސްލާމް ދީނުގައި ބަޔާންވެގެންވަނީ އެންމެ ފުރިހަމަ ގޮތްކަމެވެ. އެއީ ނިދުންކަމުގައިވީނަމަވެސްމެއެވެ. ޙަޑީޘްފުޅުގައި އޮތީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކުރަން ނޫނީ ޢިޝާ ނަމާދަށްފަހު ހޭލައި ނުހުރުމެވެ. އަވަހަށް ނިދައި އަވަހަށް ހޭލުމެވެ. 

އިންސާނާއަށް ބޭނުންވާ ނިދި ފުރިހަމަވާނީ ނިދަން ޖެހޭ ވަރަށް ނިދައިގެންނެވެ. ވީމާ އޮތީ އަވަހަށް ނިދުމެވެ. ކޮފީތަކުގައާއި ބޭކާރު ކަންކަމުގައި ނުނިދައި ވަޤުތު ހޭދަކުރުމެއް ނެތެވެ.

 

 

މިއަދު އޮންލައިން