ކައިވެނީގެ ކުރިން ދެމީހުންގެ މެދުގަ ވަކި ކަންކަމަކަށް އެއްބަސްވެފައިވާނަމަ ޢަމަލުކުރަންޖެހޭނެ!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ކައިވެނީގެ ކުރިން ދެމީހުންގެ މެދުގަ ވަކި ކަންކަމަކަށް އެއްބަސްވެފައިވާނަމަ ޢަމަލުކުރަންޖެހޭނެ!: ޑރ. އިޔާޟް

ކައިވެނީގެ ކުރިން ދެމީހުންގެ މެދުގައި ވަކި ކަންކަމަކަށް (ވަކިގޮތަކަށް ޢަމަލުކުރަން) އެއްބަސްވެފައިވާނަމަ އެއްބަސްވެފައިވާ ގޮތަށް ޢަމަލުކުރަންޖެހޭނެވެ. އެއީ އަނގަބަހުން ވެފައިވާ އެއްބަސްވުމެއް ނަމަވެސްމެއެވެ.  

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިމޭރުމުން ވިދާޅުވެފައިވަނީ ތިރީގައިވާ ސުވާލުތައް ކުރި މީހަކަށް ދެއްވާފައިވާ ޖަވާބުގައެވެ.  

ކައިވެނީގެ ކުރިން ދެމީހުން ވާހަކަ ދެއްކިއިރު ދެ އަންތބަށް ކައިވެނި ނުކުރާނެ ކަމަށް ބުނުމުން މިކަން މި ގޮތަށް ކުރަން ކޮންމެހެންޖެހޭނެތަ؟ އަދި ކައިވެނީގެ ކުރިން ވާހަކަ ދެއްކިއިރު ކައިވެނީގެ ފަހުންކިޔަވަން ދާނެ ކަމަށް ބުނެފައި އެކަން ފިރިހެން މީހާ ނުކޮށްފިނަމަ އެމީހާ ފާފަ ވެރިވާނެތަ؟ 

މި ގޮތަށް ބުނާ ބަސްތަކަކީ ކައިވެނީގެ ކުރިން ދެމީހުން ވާއެއްބަސް ވުން ތަކެއް ކަމަށް ވާނެތަ؟ ނުވަތަ މީ ޝަރުތުތަކެއް ކަމުގައިވާނެތަ؟ ޝަރުތުތަކެއް ކަމުގައި ނުވާނަމަ ޝަރުތަކަކަށް ވާނެ ގޮތަކީ ކޮބާ؟ ފިރިހެން މީހާ ދެވަނަ ކައިވެންޏެއް ކުރަން ބޭނުންވާތީ އެހެން އަންތބެއް ހޯދަންވެގެން އަމިއްލަ އަށް މީހަކަށް މެއިލް ކޮށްގެން ކައިވެންޏަށް އެއްބަސްވުމަކީ ކޮންކަހަލަ ކަމެއް! 

ފިރިހެނުންނަށް 4އަނބިން ހުއްދަވީމަ އެގޮތަށްކައިވެންޏަށް އެއްބަސް ވުމުގެ ކުރިން ދެމީހުން މެއިލްކޮށް ކައިވެންޏަށް އެއްބަސް ވެވިދާނެތޯ! އެގޮތަށް ދެވަނަ ކައިވެނި ކުރަން ގަސްދު ކުރާމީހާ އެހެން މީހެއް ހޯދާނީ ކިހިނެއްތޯ؟

މިއަދު އޮންލައިން