ޤަޟާކުރަންޖެހޭ ރޯދަތައް ޤަޟާކުރުމާއެކު ދަރިންގެ ރޯދަ ހުރިނަމަވެސް އަވަހަށް ހިފައި ނިންމަން ބާރު އަޅުއްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ޤަޟާކުރަންޖެހޭ ރޯދަތައް ޤަޟާކުރުމާއެކު ދަރިންގެ ރޯދަ ހުރިނަމަވެސް އަވަހަށް ހިފައި ނިންމަން ބާރު އަޅުއްވާ!

ޝަޢްބާން މަސް ފެށި ފުރުތަމަ 10 ފާއިތުވީއެވެ. ބަރަކާތުން ފުރިގެންވާ ރަމަޟާން މަސް އައިސް ބައްދަލުކުރަނީއެވެ.

މަޢްލޫމާތު ލިބޭގޮތުން އަދިވެސް ކުރީ އަހަރުގެ ރަމަޟާން މަހު ގެއްލުނު ރޯދަތައް ޤަޟާކޮށް ނުނިންމާ މީހުން އެބަ ތިއްބެވެ. އަދި އެމީހުންގެ ދަރިން ހިފަންޖެހޭ ރޯދަތައް ވެސް ހިފައި ނުނިންމައިވެސް އެބަވެއެވެ.  

މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. ގެއްލުނު ރޯދަތައް ޤަޟާކުރަން ދޭންޖެހޭ ސަމާލުކަން އެކުދިންގެ ޅަފަތުގައި ދަސްކޮށް ނުދެވިއްޖެނަމަ އެކުރެވުނީ ވަރަށް ދެރަކަމެކެވެ. އެކަމުގެ އަސަރު ކުއްޖާގެ މުޅި ޢުމުރަށްވެސް ކުރާނެއެވެ.  

ވީމާ ޤަޟާކުރަންޖެހޭ ރޯދަތައް އަވަހަށް ހިފައި ނިންމުމުގައި ބެލެނިވެރިން ނަމޫނާ ދައްކަންވާނެއެވެ! އަދި ކުދިންނަށް ހިތްވަރުދީގެން ވީހާއަވަހަކަށް ހިއްޕުވަން މަސައްކަތްކުރަންވާނެއެވެ.  

ދަރިންނަކީ ކުޑަކުދިން ކަމަށް ބަލައި ދީނުގެ ފަރުޟުތައް އަދާކުރުމުގައި އިހްމާލްވާން ދޫކޮށްނުލާށެވެ! ކުދިން ބާލިޣްވެފައިތިބިނަމަވެސް މައިންބަފައިންގެ ބެލެނިވެރިކަމުގެދަށުގައި ތިބިނަމަ މައިންބަފައިންގެ ވަރަށް ބޮޑު ޒިންމާއެއް އެކަމުގައި އޮންނާނެއެވެ. އެކަން ހަނދާން ނައްތައިނުލާށެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން