ސަލާމް ގޮވައި ގެއަށް ވަނުމުގެ ހުއްދައަށް އެޑޭށެވެ! ކިތަންމެ ގާތް ގެއަކަށް ނަމަވެސް ހުއްދަ ނުލިބި ވަނުމެއް ނެތެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 57ސ
ސަލާމް ގޮވައި ގެއަށް ވަނުމުގެ ހުއްދައަށް އެޑޭށެވެ! ކިތަންމެ ގާތް ގެއަކަށް ނަމަވެސް ހުއްދަ ނުލިބި ވަނުމެއް ނެތެވެ!

الحمدلله، والصلاةوالسلامعلىنبينامحمدوعلىآلهوصحبهوسلموبعد: 

ސޫރަތުއް ނޫރުގެ 27 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. " يَاأَيُّهَاالَّذِينَآمَنُوالَاتَدْخُلُوابُيُوتًاغَيْرَبُيُوتِكُمْحَتَّىٰتَسْتَأْنِسُواوَتُسَلِّمُواعَلَىٰأَهْلِهَا ۚذَٰلِكُمْخَيْرٌلَّكُمْلَعَلَّكُمْتَذَكَّرُونَ"

މާނައަކީ: " އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގެތައް ނޫން އެހެން ގެތަކަށް އެ ގެތަކުގެ أهلވެރިންނަށް سلامކޮށް إذنލިބިގެންފުމަށްދާނދެން ނުވަންނާށެވެ! އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. (އެއީ) ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ". 

މި އާޔަތުގައި އަންގަވާފައި މިވަނީ އަމިއްލަ ގެ ނޫން ގެތަކަށް ވަނުމުގެ ކުރިން ސަލާމްގޮވާ ހުއްދަ ހޯދުމަށެވެ. އަދި ސަލާމްގޮވާ ހުއްދަ ހޯދައިގެން ނޫނީ އެފަދަ ގެތަކަށް ނުވަނުމަށެވެ.  

عَنْرِبْعِيٍّبنحراشقَالَ : حَدَّثَنَارَجُلٌمَنْبَنِيعَامِرٍأَنَّهُاسْتَأْذَنَعَلَىالنَّبِيِّصَلَّىاللَّهُعَلَيْهِوَسَلَّمَوَهُوَفِيبَيْتٍفَقَالَ : أَلِجُ  فَقَالَالنَّبِيُّصَلَّىاللَّهُعَلَيْهِوَسَلَّمَلِخَادِمِهِ : اخْرُجْإِلَىهَذَافَعَلِّمْهُالِاسْتِئْذَانَفَقُلْلَهُ : قُلْالسَّلَامُعَلَيْكُمْأَأَدْخُلُ  فَسَمِعَهُالرَّجُلُفَقَالَ : السَّلَامُعَلَيْكُمْأَأَدْخُلُ  فَأَذِنَلَهُالنَّبِيُّصَلَّىاللَّهُعَلَيْهِوَسَلَّمَفَدَخَلَ. 

މާނައަކީ: "ރަބީޢު ބިން ޙިރާޝް ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ޢާމިރުގެ ދަރިކޮޅުގެ މީހަކު ތިމަންމެންނަށް ކިޔައިދިނެވެ. އެއް ދުވަހަކު ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އެއްގައި ހުންނަވަނީކޮށް އެމީހާ އެގެއަށް ވަނުމުގެ ހުއްދަ އަށް އެދުނެވެ. އެހިނދު ކީރިތި ރަސޫލާ-ޞައްލަ ﷲ ޢަލައިހި ވަސައްލަމަ- އެކަލޭގެފާނުގެ ޚާދިމު ގާތުގައި ޙަދީޘް ކުރެއްވިއެވެ. އޭނާގެ ގާތަށް ގޮސް ގެއަށް ވަނުމުގެ ހުއްދަ ހޯދާނެ ގޮތް ދަސްކޮށްދޭށެވެ. އޭނާ ގާތުގައި ބުނާށެވެ. އައްސަލާމް ޢަލައިކުމް އޭ ބުނުމަށްފަހުގައި މިގެއަށް ވަންނަންތޯ އަހާށެވެ. މިވާހަކަ އެމީހާ އަށް އަޑުއިވިގެން "އައްސަލާމް ޢަލައިކުމް، އަހުރެން މިގެއަށް ވަންނަންތަ؟" މިފަދައިން ބުންޏެވެ. ދެން ކީރިތި ރަސޫލާ-ޞައްލަ ﷲ ޢަލައިހި ވަސައްލަމަ- އެމީހާ އަށް އެގެއަށް ވަނުމުގެ އިޛްނަ ދެއްވުމުން އެމީހާ ގެއަށް ވަނެވެ.

ޢައުނުލް މަޢްބޫދު އޭ ކިޔުނު ފޮތުގެ މުއައްލިފް އަލްޢަޡީމް އާބާދީ ވިދާޅުވެފައިވެއެވެ؛ "މި ޙަދީޘުން އެނގޭ ގޮތުގައި ސުންނަތް ވެގެންވާ ގޮތަކީ ސަލާމް ގޮވުމާއި އެކު ގެއަށް ވަނުމުގެ ހުއްދަ އަށް އެދުމެވެ. އަދި ސަލާމްގޮވުން އިސްކުރުމެވެ".  

ވީމާ، ތިމާގެ އަމިއްލަ ގެ ނޫން އެހެން ގެއަކަށް ވަނުމުގެ ކުރިން ސަލާމްގޮވާ ހުއްދަ ހޯދާށެވެ. ތިންފަހަރަށް ސަލާމް ގޮވައިގެންވެސް ޖަވާބެއް ނުލިބިއްޖެނަމަ އެނބުރިދާށެވެ. ނުވަތަ އެގެއަކަށް ވަނުމުގެ ހުއްދަ ނުލިބުނު ނަމަވެސް އެނބުރިދާށެވެ. އެގޮތް ހެޔޮކަން ބޮޑުވެގެން ވެއެވެ. ސޫރަތުއް ނޫރުގެ 28 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.  

(فَإِن لَّمْ تَجِدُوا فِيهَا أَحَدًا فَلَا تَدْخُلُوهَا حَتَّىٰ يُؤْذَنَ لَكُمْ ۖ وَإِن قِيلَ لَكُمُ ارْ‌جِعُوا فَارْ‌جِعُوا ۖ هُوَ أَزْكَىٰ لَكُمْ ۚ وَاللَّـهُ بِمَا تَعْمَلُونَ عَلِيمٌ )  

މާނައަކީ: "ފަހެ، އެ ގެތަކުން ތިޔަބައިމީހުންނަށް އެކަކުވެސް ނުފެނުނުނަމަ، ތިޔަބައިމީހުންނަށް إذنދެވިއްޖައުމަށްދާނދެން އެ ގެތަކަށް ތިޔަބައިމީހުންނުވަންނާށެވެ! އަދި ތިޔަބައިމީހުން އެނބުރި ހިނގައިދާށޭ ތިޔަބައިމީހުންނަށް ބުނެވިއްޖެނަމަ، ފަހެ، ތިޔަބައިމީހުން އެނބުރި ހިނގައިދާށެވެ! އެގޮތް ތިޔަބައިމީހުންނަށް ސާފުކަންބޮޑެވެ. اللَّهއީ، ތިޔަބައިމީހުންކުރާކަންތައް، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."والله أعلم.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން