ކަންބޮޑުނުވާށެވެ! ތިބާ ކުރާ ކޮންމެ ދުޢާއެއް ވަގުތުން ﷲ ގެ ޙަޟްރަތަށް ފޯރައެވެ! އައްސަވައިވޮޑިގެންވެއެވެ! ޢިޖާބަވެސް ކުރައްވަވައެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ކަންބޮޑުނުވާށެވެ! ތިބާ ކުރާ ކޮންމެ ދުޢާއެއް ވަގުތުން ﷲ ގެ ޙަޟްރަތަށް ފޯރައެވެ! އައްސަވައިވޮޑިގެންވެއެވެ! ޢިޖާބަވެސް ކުރައްވަވައެވެ!: މުފްތީ މެންކް

ތިބާގެ ހިތުގައި އީމާންކަން ފުރިހަމަވާނަމަ އެންމެ ފުރަތަމަކަމަކަށް ކުރަން އޮތް ކަމަކީ ﷲ ތަޢާލާ ދެއްވަވާ ރަޙްމަތަކާއިމެދު ވިސްނައި އުފާކުރުމެވެ. އެހެނެއް ކަމަކު އަބަދުވެސް ގިނަބައަކަށް ވިސްނެނީ ޙާޞިލް ނުކުރެވި ހުންނަ ކަންކަމާއިމެދުގައެވެ.

މީސްތަކުންނަށް ކުރެވޭ އެންމެ ބޮޑު ފާފައަކީ ﷲ ތަޢާލާގެ ޙަޟްރަތުން އުންމީދުކަނޑައިލުމެވެ. އެއީ ފާފަފުއްސެވުންކަމުގައިވީނަމަވެސް އަދި އެދޭ ކަންކަން ހިންމަވައި ދެއްވެވުން ލަސްވެގެން ނަމަވެސްމެއެވެ. އަދި ކުރަން މަސައްކަތްކުރާ ކަންކަން ކާމޔާބުނުވުމުންކަމުގައިވީނަމަވެސްމެއެވެ.

ފުރަތަމަ ކަމަކީ ކިތަންމެ ގނައިން ފާފަކުރެވިފައިވީނަމަވެސް ތިމާގެ ފާފަތައް ފުއްސަވައި ނުދެއްވަވާނެކަމަށް ހީކުރުމެއްވެސް ނެތެވެ. އެއީ ޝަރީކުރަމުންއައި މީހެއް ކަމުގައިވީނަމަވެސްމެއެވެ. ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައިވީނަމަވެސް އިޚްލާޞްތެރިކަމާއިއެކު ތައުބާވުމުން ވަގުތުން އެމީހެއްގެ ހުރިހާ ފާފަތަކެއް ފުއްސަވައިދެއްވަވައެވެ. އެއީ ހަމަ އެކަމަށް އެދޭ ވަގުތު ހިންމަވައިދެއްވަވާ ކަމެކެވެ. އެންމެ ފަޅި ސިކުންތެއްވެސް ލަސްވުމެއް ނެތިއެވެ.

ވިސްނާށެވެ! ކުރާ ދުޢާ ޢިޖާބަ ކުރެއްވެވުން ލަސްވެއްޖެކަމަށް ޤަބޫލުކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. އިންސާނުން ކިތަންމެ ގިނައިން ދުޢާކުރިނަމަވެސް ކުރާ ކޮންމެ ދުޢާއެއް ﷲ ތަޢާލާގެ ޙަޟްރަތަށް އުފުލިގެންދެއެވެ. އެކަލާނގެ ޙަޟްރަތުގައި ދަފްތަރުކުރެވެއެވެ. އަދި ޢިޖާބަވެސް ކުރައްވަވައެވެ. އެކަން އެމީހަކަށް އެންމެ ރަނގަޅުވާނެ، ފައިދާކުރާނެ ވަގުތުގައި ހިންމަވައިވެސް ދެއްވަވަތެވެ. ބައެއް ކަންކަން ދުނިޔޭގައި ހިންމަވައި ނުދެއްވަވައި އާޚިރަތް ދުވަހުވެސް ހިންމަވައި ދެއްވަވަތެވެ.

ވީމާ މާޔޫސްވާންޖެހެންވީ އެއްވެސް ސަބަބެއް ނެތެވެ. ﷲ ތައާލާގެ ޙަޟްރަތުން އުންމީދު ކަނޑާލަންޖެހޭނެ އެއްވެސް ޙާލަތެއްވެސް އޮވެގެންނުވާނެއެވެ.

ޤިޔާމަތް ދުވަހު މީސްތަކުން ސުވަރުގެވައްދަވައި ނިމުމުން، އެމީސްތަކުންނާއިމެދު ﷲ ތަޢާލާ ފަޚުރުވެރިވެވޮޑިގަންނަވާނެއެވެ. އެއީ ލޮލަށް ފެނުމަކާއި ނުލައި ﷲ ތަޢާލާއަށް ކިޔަމަންތެރިވީތީއެވެ. ﷲ ތައާލާ ދެކެ ލޯބިވީތީއެވެ. ﷲ ތަޢާލާއަށް އީމާންވެ އަޅުކަންކުރީތީއެވެ.

އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން