އެއްވެސް އެކުވެރިއަކަށް މާބޮޑަށް އިތުބާރު ނުކުރާށެވެ! ކިތަންމެ އެކުވެރިނަމަވެސް ރުޅިވާ ދުވަހު ތިބާ ރަހީނު ނުކުރާނެކަމަށް ބެލުމަކީ ހެދޭ އެންމެ ބޮޑު އެއް ގޯހެވެ!: މުފްތީ މެންކު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
އެއްވެސް އެކުވެރިއަކަށް މާބޮޑަށް އިތުބާރު ނުކުރާށެވެ! ކިތަންމެ އެކުވެރިނަމަވެސް ރުޅިވާ ދުވަހު ތިބާ ރަހީނު ނުކުރާނެކަމަށް ބެލުމަކީ ހެދޭ އެންމެ ބޮޑު އެއް ގޯހެވެ!: މުފްތީ މެންކު

ކިތަންމެ ކުޑައިރުންސުރެ އެކުގައި އުޅުނަސް، ކިތަންމެ ގިނަ ދުވަހަކު އެކުގައި އުޅެފައިވެސް ދެމީހުން ރުޅިވާން އެބަޖެހެއެވެ. އެޙާލަތުގައި ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ އެކުވެރިޔާއަށް ތިބާ ރަހީނުކުރުމުގެ ފުރުޞަތު އޮންނަކަމެވެ. މީގެ އިތުރުން އެކުވެރިކަމުގައި އުޅެމުންވެސް އެބަ ރަހީނުކުރެއެވެ. 

ރަހީނުކުރުން މާނަމިކުރަނީ ހިފައި ހައްޔަރުކޮށް ކަސްތޮޅު އެޅުވުމަކަށް ނޫނެވެ. މިހާރު މިކިޔާ ބްލެކްމޭލްކުރުމަށެވެ. 

ވިސްނާށެވެ! އެކަން އެގޮތަށް އެކުރެވެނީ ތިބާގެ ހުރިހާ ސިއްރުތަކެއް އޭނާއަށް ކިޔައިދެވޭތީއެވެ. ކުރެވިފައިވާ ފާފަތަކުގެ ވާހަކަވެސް ކިޔައި ދެވޭތީއެވެ. މިއީ ކުރެވޭ ވަރަށް ނުބައި ޢަމަލެކެވެ. ޚާއްޞަކޮށް ކުރެވިފައިވާ ފާފަތައް ކިޔައިދިނުމަކީ ވަރަށް ބޮޑު ފާފައެކެވެ. އެއީ އެކަމަކުން ސަލާމަތް ނުވެވިދާނެކަމުގެ ބިރުވެސް އޮތްކަމެކެވެ. އެހައިވެސް ނުރައްކައުތެރިކަން ބޮޑު ފާފައެކެވެ. 

ވިސްނައިލާށެވެ! ކޮންމެ މީހަކަށްވެސް ޅަ ޢުމުރުގައި ވިސްނައިލުލެވުމުގެ ސަބަބުން ފާފަތަކެއް ކުރެވިފައިވާނެއެވެ. ތިމާ ފަޟީޙަތްވާނެ ފަދަ ކަންކަން ކުރެވިފައި ހުންނާނެއެވެ. މިކަމުން ސަލާމަތްވެހުރެވޭނީ ވަރަށް މަދު މީހަކަށެވެ. 

ތިބާ ބޮޑުވެ ކައިވެނިކޮށް ދަރިން ލިބުމުން އެކަންކަން ބޭޒާރުވުމުން ލަދުގަންނާނެއެވެ. އަދި މުޖުތަމަޢުވެސް ތިބާ އާއިމެދު އެއިރު ދެކެމުން އަންނާނީ މުޅިން ތަފާތު ގޮތަކަށެވެ. ވަރަށް ރަނގަޅު މީހެއްގެ ގޮތުގައި ދެކެމުން އަންނަނިކޮށް އެވިސްނުން ބަދަލުވެގެން ދިއުމަކަށް އެކަކުވެސް ނުއެދޭނެއެވެ. 

އެކުވެރިންކަމުގައި އުޅެމުންވެސް އަދި ފަހުން ރުޅިވުމަށްފަހުގައިވެސް ތިބާ ރަހީނުކޮށް ނިކަމެތިކޮށްލުމުގެ ފުރުޞަތު ލިބިގެންދަނީ ޒުވާން ޢުމުރުގައި ކުރެވިފައި ހުންނަ މިބާވަތުގެ ކަންކަން އެކުވެރިންނަށް ކިޔައިދެވޭތީއެވެ. އަދި ބޮޑުވާފަހުން ފާފައެއް ކުރެވުނު ނަމަވެސް އެކަން ސިއްރުކުރާށެވެ. އެއްވެސް މީހެއްގެ ގާތުގައި ނުބުނާށެވެ. އެފެންވަރަށް ހަމަ އެކަކަށްވެސް އިތުބާރުނުކުރާށެވެ. 

މިކަންކަމަށް ނުވިސްނައިފިނަމަ ކިތަންމެ ބޮޑު ހިތާމައަކާއިވެސް ކުރިމަތިލާން ޖެހިދާނެއެވެ. ވީމާ މިއީ ހަމަ ކޮންމެ މީހަކުވެސް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން