ނަފްސާނީ ބަލީގެ ޝިކާރައަކަށް ވާނެ މިންގަނޑު ކަނޑައެޅުން އޮތީ އެމީހެއްގެ އަތުގަ! ސަލާމަތްވެވޭނީ ﷲ ގެ ވަޙީއަށް އިތުބާރުކުރާ މީހަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ނަފްސާނީ ބަލީގެ ޝިކާރައަކަށް ވާނެ މިންގަނޑު ކަނޑައެޅުން އޮތީ އެމީހެއްގެ އަތުގަ! ސަލާމަތްވެވޭނީ ﷲ ގެ ވަޙީއަށް އިތުބާރުކުރާ މީހަކަށް!

"ނަފްސާނީ، ނަފްސާނީ. ނަފްސާނީ" ކިޔަމުން ގޮސް އެބުނާ ބަލީގެ ޝިކާރައަކަށް ނުވާ މީހަކު މިހާރު ވަރަށް މަދެވެ. ކޮންމެ މީހަކުވެސް ބުނާނީ އެމީހެއްގެ ކިބައިގައި އެބަލީގެ ކޮންމެވެސް މިންވަރެއް ނުވަތަ އަސަރުތަކެއް އެބަހުރި ކަމަށެވެ. 

ކޮންމެއަކަސް އަހުރެންގެ ވިސްނުމުން ވިސްނާއިރު ޔަޤީންކުރަންވީ ކޮންމެ މީހަކަށްވެސް ﷲ ތައާލާ އިމްތިހާންތައް ކުރިމަތިކުރައްވަވާނެ ކަމެވެ. ހަމައެޢާއިއެކު ކުރިމަތިކުރައްވަވާނެ މިންވަރުވެސް އެނގެން އެބައޮތެވެ. އެއީ އެމީހަކަށް އުފުލޭނެ މިންވަރެވެ. "އެއްވެސް ނަފްސަކަށް ނުއުފުއްލޭނެ ވަރުގެ ތަކްލީފެއް ނުޖައްސަވާނެ" ކަމަށް އޮތް ވަޙީބަސްފުޅުން މިބުނި ބަސްތަކަށް ދަލީލު ލިބިގެންދެއެވެ.

ދެން އޮތީ އެމީހަކު ޤަބޫލުކުރާ ގޮތެކެވެ. ކުރިމަތިކުރެއްވެވި އިމްތިޙާނަކީ ތިމާއަށް އުފުލޭވަރުގެ ކަމެއް ނޫންކަމަށް ޤަބޫލުކުރާމީހާއަށް އެކަން ވަރަށް ބޮޑު ކަމަކަށްވެގެންދާނެއެވެ. އެމީހާގެ ނަފްސާނީ ބަލި ބޮޑުވެގެންދާނެއެވެ. 

އެއިގެ ބަދަލުގައި ﷲ ތަޢާލާގެ މިބަޔާންކުރި ވަޙީބަސްފުޅު ޤަބޫލުކުރާ މީހާއަށް އެކަން އެހައި ބޮޑުކަމެއްގެ ގޮތުގައެއް ނުވިސްނޭނެއެވެ. މާނައަކީ އެމީހަކު ޤަބޫލުކުރާނީ ކުރިމަތިވެފައިވާ އިމްތިޙާނު ކުރިމަތިވެފައި މިވަނީ ތިމާއަށް އެ އިމްތިޙާނުން ފާސްވެވޭނެތީ ކަމުގައެވެ. ވީމާ އޭނާ މާޔޫސްވެގެނެއް ނުއުޅޭނެއެވެ. އޭނާ މަސައްކަތްކުރާނީ ޘާބިތުވެ ހުރުމަށެވެ. އޭނާ ކުރާނެ ކަމަކީ އަޅުކަންކުރުން ގިނަކޮށް ދުޢާކުރުން ގިނަކުރަމެވެ. 

އަހުރެން މިކަމުގެ ކުޑަކުޑަ މިޘާލެއް ބުނެފާނަމެވެ. އެންމެ ދަރިއަކާއިއެކު އެކަނިވެރިވުމުން ގޮތްހުސްވެއްޖެކަމަށް ބަލައި ﷲ ތައާލާ ނަހީކުރައްވަވާފައިވާ ކަންކަން ކުރަންފަށާ އަންހެނުން މަދެއް ނޫނެވެ. ހަމައެއާއިއެކު 4،5 ދަރިންނާއިއެކުވެސް އެކަނިވެރިވުމުން ﷲ ތަޢާލާގެ މަގުގައި ޘާބިތުވާ އަންހެނުންވެސް ބައިވަރެވެ. އަދި އެމީހުންގެ ކެތްތެރިކަމަށް ﷲ ތަޢާލާ ދެއްވަވާ ޖަޒާގެ ސަބަބުން މާއުފާވެރި ޙަޔާތެއްވެސް އެމީހުންނަށް ލިބިގެންދެއެވެ. 

ވީމާ ނަފްސާނީ ބަލީގެ ޝިކާރައަކަށް މީހާ ވެގެންދިއުމުގައި އެމީހަކު ކަންކަން މިނާ މިންގަނޑު ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ. އޮތީ ވިސްނައި އެމީހަކު ބޭނުންވާ މިންގަނޑަކަށް ފެތުމެވެ. 

- -އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން