ދަތިޙާލަތެއް ކުރިމަތިވިނަމަވެސް ކަންބޮޑުނުވެ ދުޢާކުރުމުގަ ޘާބިތުވުމުން ދެއްވަވާ ނިޢްމަތް މާބޮޑުކަން އެނގުމުން އެޒުވާނާ އުފާކުރި!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ދަތިޙާލަތެއް ކުރިމަތިވިނަމަވެސް ކަންބޮޑުނުވެ ދުޢާކުރުމުގަ ޘާބިތުވުމުން ދެއްވަވާ ނިޢްމަތް މާބޮޑުކަން އެނގުމުން އެޒުވާނާ އުފާކުރި!: މުފްތީ މެންކް

އަހަރެމެންނަށް ކަންކަން މިއެނގެނީ ވަރަށް ކުޑަ މިންވަރަކަށެވެ. ދަތިޙާލަތެއް ކުރިމަތިކުރެއްވެވުމުން ކަންބޮޑުވެވެނީ އެއިގެ ފަހަތުން އަންނަން އޮތް ނިޢުމަތުގެ ބޮޑުކަން ނުއެނގޭތީއެވެ. އެއީ މިންވަރަށް އީމާންވާމިންވަރު ބެއްލެވުމަށް އިމްތިޙާނުކުރައްވަވަނީ ކަމަށް ޤަބޫލުކުރެވެނީ ހާދަމަދު މީހަކަށެވެ.

މިކިޔައިދެނީ ބައްދަލުވި ޒުވާނެއްގެ ވާހަކައެވެ.

އޭނާގެ ވަޒީފާގެ ކުރިއެރުމެއް ލިބުމަށް އެދި މަސައްކަތްކުރަމުންގެންދާތާ އެތައް ދުވަހެއްވީފަހުން ކުއްލިއަކަށް އޭނާގެ ވަޒފާ ގެއްލުނީއެވެ. ލިބެމުން އައި މުސާރަވެސް ނުލިބި ނިކަމެތި ޙާލުގައި ޖެހުނީއެވެ. އޭނާ ހުރީ ގޮތް ހުސްވެފައެވެ. ކުރާނެ ކަމެއްވެސް ނުއެނގިފައެވެ.

އަހަރެން ބުނީމެވެ. "މާޔޫސްނުވާށެވެ! ދުޢާކުރަމުން ގެންދާށެވެ! މާރަނގަޅު ގޮތްތައް ﷲ ތަޢާލާ ފަހިކުރައްވަވައި ދެއްވަވާނެތެވެ. މާ ރަނގަޅު މަގުތައް ދައްކަވައި ދެއްވަވާނެތެވެ. އެކަލާނގެ ޙަޟްރަތުން އުންމީދުކަނޑައިނުލާށެވެ!"

އޭނާއަށް އަހަރެން ދެއްކި ވާހަކަ އެހައި ކަމުދިއަކަމަށް ނުވެވެސްދާނެއެވެ. ނަމަވެސް ދުޢާކުރުން ހުއްޓައިނުލާނެކަމަށް އޭނާ ބުންޏެވެ. އަދި އެއިގެ ދުވަސްކޮޅެއްފަހުން އޭނާ އީމޭލްކޮށްފައި ބުންޏެވެ. "ތިމަންނާ މިހާރު މިހިރީ ކުރިން ހުރި ވަޒީފާއަށްވުރެ 4 ގުނަ ރަނގަޅު ވަޒިފާއެއްގައެވެ.

ﷲ ތަޢާލާއަށް އިތުބާރުކުރާށެވެ! މިފަދައިން ވިސްނާށެވެ!

ތިބާގެ މުށުގައި ހުރީ ވަކިލާރިކޮޅެކެވެ. އެވަކިލާރިކޮޅު މުށުތެރެއިން ބޭރުވެ އަތްހުޅުވިގެން ނޫނީ އެއަތަށް ރަން ފައުނެއް ނުލެވޭނެ ނޫންހެއްޔެވެ؟ ވީމާ ތިމާ އެދޭ ގޮތް ނޫން ގޮތަކަށް ﷲ ތަޢާލާ ކަމެއް މިންވަރުކުރެއްވެވި ނަމަވެސް މާޔޫސްނުވާށެވެ! ﷲ ތަޢާލާއަށް ވަކީލުކޮށް ދުޢާކުރަމުންގެންދާނަމަ މާރަނގަޅު ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ --މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން