އަސްރުނަމާދުގެފަހުން ނަމާދު ގަޟާ ނުކުރެވޭނެކަމަށް ބައެއް މީހުން ބުނާތީ އަޑުއިވެއެވެ. އެއީ ތެދެއްތޯއެވެ؟ ނުވަތަ އެ ވާހަކައިގެ އެންމެ ރަނގަޅު ގޮތަކީކޮބައިތޯއެވެ؟
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم, وبعد:
ނަމާދަކީ ވަގުތު ކަނޑައެޅިފައިވާ އެއްޗެކެވެ. ކޮންމެ ނަމާދެއްވެސް ކުރަން ޖެހެނީ އެނަމާދެއްގެ ވަގުތުގައެވެ. ހަނދާން ނެތިގެން ނުވަތަ ނިދިގެން ނަމާދެއް ދޫވެއްޖެނަމަ ހަނދާންވި އިރަކުން ނުވަތަ ހޭލެވުނު އިރަކުން އެނާމާދެއް އަވަހަށް ކުރަންވާނެއެވެ.
ނަމާދު ކުރަން ޖެހެނީ ތަރްތީބުންނެވެ. މާނައަކީ މެންދުރު ނަމާދު ނުކޮށް ޢަޞުރު ނަމާދެއް ނުކުރެވޭނެއެވެ. އަދި ޢަޞުރު ނުކޮށް މަޣްރިބް ނަމާދެއްވެސް ނުކުރެވޭނެއެވެ. އެހެންކަމުން މެންދުރުނަމާދު ނުކޮށް ހުއްޓާ ޢަޞުރު ވަގުތު ވެއްޖެ ނަމަ ފުރަތަމަ ކުރާނީ މެންދުރުނަމާދެވެ. އޭގެ ފަހުން ޢަޞުރު ނަމާދެވެ.والله أعلم
އިތުރު 2 ސުވާލު:
ހަމައެކަނި ނަމާދުގައި ބޯނިވާކުރުމަކީ ދީނުގައި އޮންނަކަމެއްތޯއެވެ؟
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم, وبعد:
ނަމާދަށް އަރާ އިރުގައި ޒީނަތްތެރި ވުމަށް އަންގަވާފައިވެއެވެ. އެގޮތުން ގައުމު ގެ މީހުން ޒީނަތް ތެރި ވުމުގެ ގޮތުން ބޯނިވާކޮށް އުޅޭ ކަމަށްވަނީ ނަމަ ބޯނިވާ ކުރުން ރަގަޅެވެ. އެހެންނޫންނަމަ ހަމައެކަނި ނަމާދަށް އަރަންވީމާ ބޯނިވާ ކުރުމެއް ނެތެވެ. والله أعلم
އަޅުގަނޑަކީކަސްޓަމްސް ގައި މަސައްކަތް ކުތަމުން އަންނަ ކުއްޖެކެވެ. ވަޒީފާގެބާވަތުން ރާއްޖެއަންނަ ފަސިންޖަރުން ގެންނަުރަލާ އެހެނިހެން ރާއްޖެއެތެތެކުރުން މަނާ ތަހެތި އަތުލެވެއެވެ. އަދި ބަނގުރާ އުފުޅައި ވަކިތާކުބޮންޑު ކުރެވެއެވެ. އަދިފަސިންޖަރުން އެނބުރި ދާއިރުންބަނގުރާ ފުޅިތައްހަވާލުކުތެވެއެ. އަދި ފަސިންޖަރުން ނުގެންދާ ފުޅިތައް ތިލަފުއްޓައް ގެންގޮސް ނައްތާލެވެއެ. އަހަރެންނަށް ޜާ އުފުލާން ޖެހެއެވެ. އޯޑިޓް ކުރަންޖެހެއެވެ. ސުވާލަކީ މިއީ ޙަލާލު ވަޒީފާެއެއް ތޯއެވެ.މުސާތަހަލާލުވާނެތޯއެވެ.ނުވަތަ ނޫން ތޯއެވެ.؟
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم, وبعد:
ވަޒީފާގެ ގޮތުން ރާއުފުލާ ވިއްކާ ހަދާނަމަ އެއީ މައްސަލައެކެވެ. ސުވާލުގައި ބުނެވިފައި ތިވަނީ ބަނގުރާ ވިއްކާ ނުވަތަ ވިއްކުމަށް އެހީތެރިވެދެވޭ ވާހަކަ އެއް ނޫން ކަމަށް ފާހަގަ ކުރެވެއެވެ. އެތަކެތި ރަށުތެރެއަށް އެތެރެވިޔަ ނުދީ ވަކިތަނެއްގައި ހިފަހައްޓާ އަދި އެތަކެތި އަނބުރާ އައި ތަނަށް ނުގެންދާ ތަކެތި ނައްތާލެވޭ ވާހަކަ ކަމުން ތިޔަވަޒީފާގެ މައްސަލަ އެއް ހުރިކަމަކަށް ނުފެނެއެވެ. އެހެންނަމަވެސް ބަޔަކު މީހުން ބުއިމަށްޓަކައި ނުވަތަ ވިއްކުމަށްޓަކައި އެތެރެކުރާ ރާ އުފުލާ އެތެރެ ކުރުމުގައި ވަޒީފާގެ ގޮތުން ނަމަވެސް އެހީތެރި ވެދީގެން ނުވާނެއެވެ.
والله أعلم
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް