ސަމާލުވާތި! އެންމެ ލޯބިވަނީ ކައިވެނިކޮށްގެން ހުރި ބައިވެރިޔާދެކެ ކަމަށް ފައުޅުގަ މީހުންގެކުރިމަތީގަ ބުނަން ނުކެރޭނަމަ ނުބައި މަޤޞަދެއް ފޮރުވާފަ އޮންނާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ސަމާލުވާތި! އެންމެ ލޯބިވަނީ ކައިވެނިކޮށްގެން ހުރި ބައިވެރިޔާދެކެ ކަމަށް ފައުޅުގަ މީހުންގެކުރިމަތީގަ ބުނަން ނުކެރޭނަމަ ނުބައި މަޤޞަދެއް ފޮރުވާފަ އޮންނާނެ!

ބައިވެރިޔާ ގާތުގައި ހުންނައިރު، ޚާއްޞަކޮށް ބައިވެރިޔާގެ ކިބައިން ކޮންމެވެސް ކަމަކަށް ބޭނުންވުމުން ބައިވެރިޔާ ވަރެއް ނުއޮންނާނެއެވެ. ނަމަވެސް ދުރަށް ޖެހިލެވުމުން ނުވަތަ ބޭނުންވެގެން އުޅުނުކަންތައް ފުރިހަވުމުން ވާހަކައާއި ރާގު މުޅިން ބަދަލުވެގެންދެއެވެ.

މިއަދު ވަރަށް މަދު މީހަކު ނޫނީ މީސްތަކުންގެ ކުރިމަތީގައިހުރެ އެމީހާ އެންމެ ލޯބިވަނީ އެމީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާ ދެކެ ކަމަކަށް ނުބުނާނެއެވެ. މަސައްކަތްކުރާނީ ކޮންމެވެސް މިންވަރަކަށް ލޯބިވާކަމާއި ނަމަވެސް ބައިވަރު މައްސަލަތައް އެބަހުރިކަން ހާމަކުރުމަށެވެ. ބައިވެރިޔާ ކޮށްދޭ ރަނގަޅު ކަންތައްތަކަށްވުރެ ދައްކަން ބޭނުންވާނީ ބައިވެރިޔާއަށް ކުރެވޭ ކުށްތަކެވެ.

މިކަމުގެ ސަބަބަކަށްވެފައި އޮންނަނީ ތިމާ އިތުރު ފުރުޞަތަކަށް ދަހިވެތިކަންބޮޑުވުމެވެ. އިތުރު ކައިވެންޏެއް ކުރަން ޖެހިފައިވާކަމާއި އެކަމަށް ޝައުޤުވެރިވާކަން ހާމަކުރުމެވެ. ތިމާ ހުރީ ތިމާގެ ބައިވެރިޔާގެ ކިބައިން ފުދިގެންކަމަށްވާނަމަ ތިމާ އެންމެ ލޯބިވަނީ ތިމާގެ ބައިވެރިޔާދެކެ ކަމަށް ބުނަން ފަސްޖެހެންވީ ކީއްވެގެންހެއްޔެވެ؟

ރަސޫލް ﷺ މިސްކިތްކޮޅުގައި ޞަޙާބީންތަކާއިއެކު އިންނަވަނިކޮށް ބަދަވީންގެ މީހަކު އައިސް އެންމެ ލޯބިފުޅުވާ މީހަކީ ކާކުތޯ ސުވާލުކުރުމުން އެއްވެސް ވަރަކަށް ފަސްޖެހިވަޑައިގަތުމެއްނެތި ވަގުތުން ޙަދީޘްފުޅު ކުރެއްވެވީ އަނބިކަނބަލުން ޢައިޝަތުގެފާނު ކަމަށެވެ. މިފަދައިން ޙަދީޘްފުޅު ކުރެއްވެވީ ޢައިޝަތުގެފާނު ވަޑައިގެން އެތަނުގައި ނެތިއެވެ.

މިކަމުން ޙާޞިލުކުރަންޖެހޭ ޢިބްރަތަކީ އަނބިމީހާދެކެ ލޯބިވާކަން މީސްތަކުންގެކުރިމަތީގައި ހާމަކުރަންޖެހޭނެ ކަމެވެ. އަދި އެގޮތަށް އެކަންކުރުމަކީ ދެމަފިރިންގެ ގުޅުންތައް އިތުރަށް ވަރުގަދަވެ ބަދަހިވެގެންދާނެ ކަމެއް ކަމެވެ. އަދި އެއީ މީސްތަކުންގެ ކުރިމަތީގައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަމެވެ.

--ޑރ. ޔާސިރު ޤާދީގެ ދަރުސަކުން

މިއަދު އޮންލައިން