"އަހުރެން ކަލާދެކެ ހާދަބޮޑަކަށް ލޯބިވަމޭ!" މިއީ މީހާގެ ޢުމުރުން ކިތަންމެ ދުވަސްވީނަމަވެސް ބުނަން ދުވަހަކުވެސް މުސްކުޅިވެގެން ވާނެ ވާހަކައެއް ނޫން! !

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
"އަހުރެން ކަލާދެކެ ހާދަބޮޑަކަށް ލޯބިވަމޭ!" މިއީ މީހާގެ ޢުމުރުން ކިތަންމެ ދުވަސްވީނަމަވެސް ބުނަން ދުވަހަކުވެސް މުސްކުޅިވެގެން ވާނެ ވާހަކައެއް ނޫން! !

ޢުމުރުން ކިތަންމެ ގިނަދުވަސްވެ މުސްކުޅިވީނަމަވެސް ކުރުން ހުއްޓާލައިގެން ނުވާނެ ކަންކަން ދެމަފިރިންގެ މެދުގައި ހުންނާނެއެވެ. ޠަބީޢަތަށް އަންނަ ބަދަލުތަކާއިއެކުގައިވެސް ކުރުން ހުއްޓައިލެވޭނީ ބައެއް ކަންކަމެވެ. އަނެއްބައި ކަންކަމަކީ އެންމެ ފަހު ނޭވައާއި ހަމައަށް ވެސް ބަދަލެއް ނުގެނެސް ކުރަން ޖެހޭނެ ކަންކަމެވެ.

މިއަދު މިދައްކަނީ ޢުމުރުން ކިތަންމެ ދުވަސްވީނަމަވެސް ކުރުން ހުއްޓާލައިގެން ނުވާނެ ކަމެއްގެ ވާހަކައެވެ. ބުނަންހެއްޔެވެ؟ ދެމަފިރިން އެކަކު އަނެކަކަށް "އަހަރެން ކަލާދެކެ ވަރަށް ބޮޑަށް ލޯބިވަމޭ" ބުނުމަކީ ކުރަން ދުވަހަކުވެސް މުސްކުޅިވާންއޮތްކަމެއް ނޫނެވެ. އެންމެ ޒުވާން އުމުރުގައި ބުނިފަދައިން މުޅި އުމުރުގައިވެސް އެބަސްތައް ބުނަންޖެހޭނެއެވެ.

ހަމައެފަދައިން ބައިވެރިޔާ ނުރުހޭފަދަ ބަސްތައް ބުނާނަމަ އެކައިވެންޏަކަށް ދުވަހަކުވެސް ދިރުމެއް ނުލިބޭނެއެވެ. ދެމަފިރިންގެ ލޯތްބާއި ގުޅުންތައް ކުރިއަކަށްނުދާނެއެވެ. އެއްވެސް މައްސަލައެއް ޙައްލެއްވެސް ނުވާނެއެވެ. ވީމާ ރިވެތިބަހުރުވަ އަބަދުވެސް ބޭނުންކުރާށެވެ!

ވަރަށް ކުޑަކުޑަ މިސާލެއް ބުނެފާނަމެވެ. އަނބިމީހާ ކައްކާފައިހުރި ކާތަކެތި އެހައި މީރު ނޫނީއެވެ. އެހާލަތުގައި ރުޅިވެރިކަމުގެ ޢިބާރާތުން ބަސްބުނުމުގެ ބަދަލުގައި "ކުރީ ދުވަހު ކެއްކި ބިރިޔާނި ހާދަ މީރު" ކަމަށް ނިކަންބުނެބަލާށެވެ! އެވަރުން އަނބިމީހާއަށް މެސެޖް ލިބޭނެއެވެ. މިއަދު ކެއްކިފައިހުރީ އެހައި މީރުކޮށް ނޫންކަން ވިސްނޭނެއެވެ. ދެން ދުވަހަކު އެކަން ރަނގަޅުކުރަން މަސައްކަތްކުރާނެއެވެ.

މުރާދަކީ ބައިވެރިޔާއަށް ރަނގަޅުނޫން ކަމެއް ކުރެވުނު ނަމަވެސް ލޯބިވެތިކަމާއިއެކު ބަސްތައް ޢިބާރާތްކުރުމުގެ މުހިންމުކަމެވެ. އަނެކާ ކުށްވެރިކޮށް ރުޅިއަރުވައިލުން ނުވަތަ ހިތުގައި ޖެއްސުމުގެ ބަދަލުގައި ރިވެތިގޮތުގައި ރިވެތި ޢިބާރާތުން ވާހަކަދައްކައިގެން ކަންކަން ޙައްލުކުރުމެވެ. ދެމަފިރިންގެ ލޯބި ދެމިއޮންނާނީ އެއިރުންނެވެ!

--ޑރ. ޔާސިރު ޤާދީގެ ދަރުސަކުން

މިއަދު އޮންލައިން