ދުނިޔެގަ އެންމެ ލޯބިވީ މީހުންނާ އެންމެ ގާތް އެކުވެރިން ނަރަކައިގަ ތިބެގެން ފެންފޮދަކަށް އެދި ގޮވާއަޑު ސުވަރުގޭގަވާ ތިބާއަށް އިވުމުން އެދުވަހު ތިބާ ދޭނެ ޖަވާބު--

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ދުނިޔެގަ އެންމެ ލޯބިވީ މީހުންނާ އެންމެ ގާތް އެކުވެރިން ނަރަކައިގަ ތިބެގެން ފެންފޮދަކަށް އެދި ގޮވާއަޑު ސުވަރުގޭގަވާ ތިބާއަށް އިވުމުން އެދުވަހު ތިބާ ދޭނެ ޖަވާބު--

މިއަދު މީސްތަކުންނަށް ބާރާއި އިޚްތިޔާރު ދެއްވަވާފައިވުމުން ﷲ ތައާލާ ޙަރާމްކުރެއްވެވި ކަންކަން ކުރަން ޖެހިލުމެއް ނުވެއެވެ. ކުޑަވެސް ބިރެއް ނުގަނެއެވެ. ރެއެއް ދުވާލެއް ބެލުމެއްނެތި ﷲ ތަޢާލާ ޙަރާމްކުރެއްވެވިހައި ބުއިންތައް ބޮމުންގެންދަނީއެވެ.

އެކަންކަންކޮށްގެން ފަރުޟުނަމާދުތައް އަޅަމުން ގެންދަނީއެވެ. ކުރެވުނުހައި ގިނަ ފާފާތަކެއް ކުރަމުން ގެންދަނީއެވެ. އެފަދަ މީހުން އެމީހުންގެ ހިތް ކިތަންމެ ކުޑަ މންވަރަކަށް ނަމަވެސް ޠޯހިރުކޮށްލައި އެހިތަށް ނިކަން މިވާހަކަތައް އަޑު އިއްވައިދީބަލާށެވެ

ސުވަރުގޭގެ އަހުލުވެރިންނަށް ނަރަކައިގެ އަހުލުވެރިން ގޮވައި ރޮއި އާދޭސްކުރާނެއެވެ. "އަހަރެމެން މިތިބަ އަނދައިދަނީ އެވެ. ފެންފޮދެއް ނަމަވެސް ދިޔާ ކޮންމެވެސް އެއްޗެއް ނިކަން އޮއްސައިލަބަލާށެވެ! މިތަނުގެ ގަދަ ހޫނުން އަހަރެމެންގެ ހަށިތައް އަނދަނީއެވެ. ހެޔޮ ނުވާނެއެވެ! ކޮންމެވެސް އެއްޗެއް ނިކަން އޮއްސައިލަބަލާށެވެ!"

ޖަވާބުގައި ސުވަރުގޭގެ އަހުލުވެރިން ބުނާނެއެވެ! "ތިއަކަންތައް ކޮށްދެވޭކަށް ނެތެވެ! ތިއަ ކަންތައް ކުރުން އަހަރެމެންނަށް ވަނީ މަނާކުރެވިގެންނެވެ."

އެއީ ކީއްވެގެން ހެއްޔެވެ؟ ﷲ ތަޢާލާ އެމީހުންގެ (ނަރަކައިގައި ތިބި މީހުންގެ) މަތިން ހަނދުމަފުޅު ނައްތަވައިލައްވަވާފައިވާތީއެވެ! ހަނދުމަފުޅު ނައްތަވައިލެއްވެވީ ކީއްވެގެން ހެއްޔެވެ؟ މިދުނިޔޭގައި އުޅުނުއިރު އެމީހުން ﷲ ތަޢާލާގެ މަތިން ހަނދާން ނައްތައިލީތީއެވެ. ﷲ ތަޢާލާގެ ބަސްފުޅުތައް ދޮގުކުރީތީއެވެ. ތެދުކުރަމޭ ދުލުން ބުނި ނަމަވެސް ޢަމަލު ނުކުރީތީއެވެ.

ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ ނަރަކައިގެ އަހުލުވެރިންގެ ބުއިމަކީ ކެކިކެކި ހުންނަ ހޫނުފެނާއި ނަރަކައިގެ އަހުލުވެރިންގެގައިން ފައިބާ ކުނިފާދިޔައާ ދޮސް ކަމުގައެވެ. އެފަދަ ބައަކު ކިތަންމެ ވަރަކަށް އެދުނު ނަމަވެސް އެނޫންއެއްޗެް ލިބޭނީ ކިހިނަކުން ހެއްޔެވެ؟

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން