މި އެންމެ ޙަދީޘްފުޅަށް ޢަމަލުކޮށްފިނަމަ އިން ޝާ ﷲ ކޮންމެ ދުވަހަކު ދިހަ ފަހަރަށް ނަރައިން ސަލާމަތްވެވި ސަތޭކަ ފާފަ ފުއްސަވައިދެއްވަވައެވެ!: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
މި އެންމެ ޙަދީޘްފުޅަށް ޢަމަލުކޮށްފިނަމަ އިން ޝާ ﷲ ކޮންމެ ދުވަހަކު ދިހަ ފަހަރަށް ނަރައިން ސަލާމަތްވެވި ސަތޭކަ ފާފަ ފުއްސަވައިދެއްވަވައެވެ!: ޝައިޚް އަބޫބަކުރު ޒައުދު

ނަރަކައިން މީހާ ސަލާމަތްވުމަށް ކޮންމެ މުސްލިމަކުވެސް މަސައްކަތްކުރާނެއެވެ. އަދި އެއީ ކޮންމެ މީހަކުވެސް އެންމެ އެދޭނެކަންތަކެވެ. ނރަކައިން ސަލާމަތްވުމަކީ ސުވަރުގެ ލިބުން ކަމުގައިވާތީއެވެ. މިރޭ ކިޔައިދެނީ ނަރަކައިން ސަލާމަތްވުމަށް އެންމެ ފަސޭހައިން ކުރެެން އޮތް އޮތް ކަންތަކުގެ ވާހަކައިންނެވެ.  

ފުރަތަމަ ވިސްނައިލަންވީ އަޅަކު މިނިވަންކުރުމަކީ އެމީހަކު ނަރަކައިން ސަލާމަތްކުރައްވަވާނެ ކަމެއް ކަމަށް އޮތް ޙަދީޘްފުޅަށެވެ. އެއިގެ މާނައަކީ 10 އަޅުން މިނިވަންކުރުމަކީ ނަރަކައިން އެމީހާ 10 ފަހަރު ސަލާމަތްކުރެއްވެވުމެވެ.  

ދެން ބަލައިލަންވީ މިޙަދީޘްފުޅަށެވެ. އެއީ ކޮންމެ ދުވަހަކު 

ا إله إلا الله وحده لا شريك له، له الملك وله الحمد، وهو على كل شيء قدير 

100 ފަހަރު ކިޔައިފީމީހަކު އިސްމާޢީލްގެފާނުގެ ދަރިކޮޅުން 10 އަޅުން މިނިވަންކުރިފަދަ ކަމަށް އޮތް ޙަދީޘްފުޅަށެވެ.  

މިޙަދީޘްފުޅަށް ޢަމަލުކުރުމަށްޓަކައި އެއްފަހަރާ  100 ފަހަރު ކިޔާކަށްވެސް ނުޖެހެއެވެ. ނިދައި ހޭލީންސުރެ އިރުއޮއްސި ނިދުމާއި ދެމެދު 100 ފަހަރު ކިޔައިފިނަމަ ޙަދީޘްފުޅަށް ޢަމަލުކުރެވުނީއެވެ. 10 އަޅުން މިނިވަންކުރި ކަމުގެ ޘަވާބު ހޯނީއެވެ. އިން ޝާ ﷲ  

އަދިވެސް ޙަދީޘްފުޅުގައި އޮތީ މި ޙަދީޘްފުޅަށް ޢަމަލުކުރުމުން އެމީހަކަށްޓަކައި 100 ހެޔޮކަން ލިޔުއްވެވޭނެ ކަމަށާއި 100 ކުށްފާފަ ފުއްސަވައިދެއްވަވާނެ ކަމަށެވެ. 

އަދިވެސް ޙަދީޘްފުޅުގައިވެއެވެ. "އަދި އެދުވަހު ހަވީރުވެއްޖައުމަށް ދާންދެން އެކަލިމަތައް އެއީ ޝައިޠޯނާގެ ކިބައިން ރައްކައުތެރިކަމުގައި އޭނާއަށް ލައްވަވައިދެއްވަވާހުއްޓެވެ. އަދި އެއަށްވުރެ ގިނައިން އެކަލިމަތައް ކިޔެވި މީހަކު ފިޔަވައި އެއަށްވުރެ ވަކިން އިތުރުކަންބޮޑު ކަމެއްކުރި އެހެން މީހަކު ނުވާހުއްޓެވެ."  

(ރިޔާޟުއްޞާލިޙީން: 1410 ބައްލަވާ)  

ވީމާ ޖުމުލަކޮށްބަލައިފިނަމަ މިޙަދީޘްފުޅަށް ކޮންމެ ދުވަހަކުވެސް ޢަމަލުކުރާ މީހާއަށް އެދުވަހުގެ ކުރެވޭ ފާފަތައް ފުހެވިގެން އެބަދެއެވެ. އަދި 10 ފަހަރު ނަރަކައިން އެބަ ސަލާމަތްވެވެއެވެ.  

މީހަކު އަޅަކު މިނިވަންކުރަން ފައިށާ ޚަރަދުކުރަންޖެހެއެވެ. ނަމަވެސް މިޙަދީޘްފުޅަށް ޢަމަލުކުރަން އެއްވެސް ޚަރަދެއްކުރާކަށް ނުޖެހެއެވެ. ކޮނޑުން ބުރައުފުލާކަށްވެސް ނުޖެހެއެވެ. 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

 

 

މިއަދު އޮންލައިން