ބައެއް މީހުންގެ ކުރިމަތީގައި ޤުރްއާނުގައިވާ ރަސޫލްބޭކަލުންގެ ޢަދަދާއި ނަންފުޅުތައް އެނގުމަކީ ސުވަރުގެވައްދަވާނެ ކަމެއް ނޫނެވެ. ވީމާ ދަސްކުރުމަކީ އެހައި މުހިންމު ކަމެއް ނޫނެވެ.
މިކަމުގައި އަހުރެންގެ ވިސްނުން ތަފާތެވެ. 99 އިސްމުފުޅު ހިތުދަސްކޮށް ޢަމަލުކުރުމުން ދެއްވަވާނެ ފަދަ މަތިވެރި ޘަވާބެއް ކޮންމެ ކަމަކުން ނުލިބޭނެއެވެ. ނަމަވެސް ރަނގަޅަށް ވިސްނާލައިފިނަމަ ފައިދާތަކެއް ކުރާނެއެވެ.
މިޘާލަކަށް ކޮންމެ ރަސޫލްބޭކަލެއްގެ ސިޔަރަތުގައިވެސް ހިމެނިފައިވަނީ ވަރަށް މުހިންމު ޙާދިޘާތަކެކެވެ. ތަފްސީރުން ކިޔާށެވެ. އެކަމުން ލިބޭ މައުލޫމާތުތަކުގެ ޢަލީގައި ނުވަތަ އެހީތެރިކަމުގެ ސަބަބުން ތިމާގެ ހުރި ހުރިހާ އުނިސަފަތެއްވެސް ނެތިގެން ހިނގައިދާނެއެވެ.
ޔަޤީންކުރަންވީ އެނގެން ނުޖެހޭ ކަމެއްގެ ވާހަކަ ޤުރްއާނުގައި ނުވާނެ ކަމެވެ.
وَتِلْكَ حُجَّتُنَا آتَيْنَاهَا إِبْرَاهِيمَ عَلَىٰ قَوْمِهِ نَرْفَعُ دَرَجَاتٍ مَّن نَّشَاءُ إِنَّ رَبَّكَ حَكِيمٌ عَلِيمٌ ﴿٨٣﴾ وَوَهَبْنَا لَهُ إِسْحَاقَ وَيَعْقُوبَ كُلًّا هَدَيْنَا وَنُوحًا هَدَيْنَا مِن قَبْلُ وَمِن ذُرِّيَّتِهِ دَاوُودَ وَسُلَيْمَانَ وَأَيُّوبَ وَيُوسُفَ وَمُوسَىٰ وَهَارُونَ وَكَذَٰلِكَ نَجْزِي الْمُحْسِنِينَ ﴿٨٤﴾ وَزَكَرِيَّا وَيَحْيَىٰ وَعِيسَىٰ وَإِلْيَاسَ كُلٌّ مِّنَ الصَّالِحِينَ ﴿٨٥﴾ وَإِسْمَاعِيلَ وَالْيَسَعَ وَيُونُسَ وَلُوطًا وَكُلًّا فَضَّلْنَا عَلَى الْعَالَمِينَ ﴿٨٦﴾ [سورة الأنعام]
ޤުރުއާނުގައި 25 ރަސޫލުބޭކަލުންގެ ނަން އައިސްފައިވެއެވެ. އޭގެތެރެއިން 18 ބޭކަލުންގެ ނަންފުޅު ސޫރަތުލް އަލްއަންޢާމްގެ 83 ވަނައާޔަތާއި 86 ވަނައާޔަތުގެ ދެމެދުގައި އައިސްފައިވެއެވެ.
އެއާޔަތްތަކުގައި ނަންފުޅުއައިސްފައިނުވާ 7 ބޭކަލުންނަކީ އާދަމްގެފާނާއި، އިދްރީސްގެފާނާއި، ހޫދުގެފާނާއި، ޞާލިޙްގެފާނާއި، ޝުޢައިބުގެފާނާއި، ޛުލްކިފުލިގެފާނާއި އަދި މުޙައްމަދުގެފާނެވެ.
صلوات الله وسلامه و بركاته عليهم أجمعين