ކޮންމެ މީހަކު އެދުނަސް ﷲ އެމީހަކަށް ދެއްވަވާނެކަން ޔަޤީން 2 ކަމެއްވެއެވެ! ދެއްވެވުމުން ފުދި އިތުރުވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ކޮންމެ މީހަކު އެދުނަސް ﷲ އެމީހަކަށް ދެއްވަވާނެކަން ޔަޤީން 2 ކަމެއްވެއެވެ! ދެއްވެވުމުން ފުދި އިތުރުވާނެ! އިން ޝާ ﷲ

ތިބާ އެދުމުން ގެއެއް ނުދެއްވަވައިފާނެއެވެ. ފައިސާތަކެއްވެސް ނުދެއްވަވައިފާނެއެވެ. އަދި ބައްޔަކުން ޝިފާވެސް ނުދެއްވަވައިފާނެއެވެ. ނަމަވެސް އިޚްލާޞްތެރިކަމާއިއެކު އެދުމުން ކޮންމެ މުސްލިމަކަށްވެސް ދެއްވަވާނެ 2 ކަމެއް ވެއެވެ. އެ ދެކަންތައް ޙާޞިލުކުރެވިއްޖެނަމަ ފުދި އިތުރުވާނެއެވެ. އެއީ:

1 ތައުބާވުމުން ފާފަތައް ފުއްސަވައިދެއްވެވުން

2 ﷲ ތަޢާލާ ކުއްތަންވާން މަސައްކަތްކުރުމުން ހިތް ޠޯހިރުކޮށްދެއްވެވުން

މިއީ ހަމަ ކޮންމެ މީހަކަށްވެސް ދެއްވަވާނެ 2 ނީޢްމަތެވެ! އޮތީ އިޚްލާޞްތެރިކަމާއިއެކު ލިބިގަންނަން މަސައްކަތްކުރުމެވެ.

އެމީހާގެ ފާފަތައް ފުއްސަވައި ދެއްވަވައި އެމީހާގެ ހިތް ﷲ ތަޢާލާ ޠޯހިރުކޮށްދެއްވވައިފި މީހަކަށް އެވަނީ ދެދުނިޔޭގައިވެސް ހުރިހާ ނިޢްމަތްތަކެއް ލިބިފައެވެ. އެމީހާއަށް ކިތަންމެ ބޮޑެތި މުޞީބާތްތަކެއް ކުރިމަތިވެ ކިތަންމެ ބޮޑެތި ތަކްލީފްތަކެއް އުފުލަން ޖެހުނު ނަމަވެސް އެއީ ހުރަސްކުރާ ކުނި މެއްސެއްގެ ގޮތުގައި ނޫނީ އެމީހާ ނުދެކޭނެއެވެ.

ބުނާނެތެވެ! "މިއީ ﷲ ތަޢާލާ ތިމަންނާއަށް މިންވަރުކުރެއްވެވި އެންމެ ރަގަޅު، އެންމެ ފައިދާހުރި ގޮތެވެ!" އަދި އެމީހާ އަބަދުވެސް ހުންނާނީ ހަމަ ވަރަށް އުފަލުންނެވެ. އަދި ކީއްހެއްޔެވެ؟ ޤިޔާމަތް ދުވަހުވެސް އެފަދަ މީހުން ތިބޭނީ ހިތްހަމަޖެހިގެން ހަމަ އުފަލުގައެވެ. އިން ޝާ ﷲ

 

މިއަދު އޮންލައިން