ނޫޙުގެފާނުގެ ވާހަކަ- 3: އެންމެ ފުރަތަމަ ފޮނުއްވުނު ރަސޫލާ

ކިޔުމަށް ހޭދަވާނީ 2މ 18ސ
ނޫޙުގެފާނުގެ ވާހަކަ- 3: އެންމެ ފުރަތަމަ ފޮނުއްވުނު ރަސޫލާ

ޢަލީ އިޙްޞާން ފިޜާޤް

 

نوح عليه السّلام އަކީ މީސްތަކުންގެ ގާތަށް ފޮނުއްވުނު އެންމެ ފުރަތަމަ ރަސޫލާއެކެވެ. އެކަން ބުޚާރީ އާއި މުސްލިމު ރިވާކުރައްވައިފައިވާ حديث الشفاعة ން ޘާބިތުވެއެވެ. އަބޫހުރައިރަތުގެފާނު ވިދާޅުވިއެވެ. ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. ޤިޔާމަތްދުވަހުން މީސްތަކުން އާދަމުގެފާނުގެ އަރިހަށް އައިސް ދަންނަވާނެއެވެ.

[އޭ އާދަމުގެފާނެވެ. ކަލޭގެފާނަކީ އެންމެހައި މީސްތަކުންގެ ބަފައިކަލުންނެވެ. އެކަލާނގެ އަތްޕުޅުން ކަލޭގެފާނު ހެއްދެވިއެވެ. އެކަލާނގެ ރޫޙުފުޅުން ކަލޭގެފާނަށް ފުރާނަ އެޅުއްވިއެވެ. ކަލޭގެފާނަށް ސަޖިދަކުރެއްވުމަށް މަލާއިކަތްބޭކަލުންނަށް އަމުރުފުޅު ކުރެއްވިއެވެ. ކަލޭގެފާނު ސުވަރުގޭގައި ވަޒަންވެރި ކުރެއްވިއެވެ. ކަލޭގެފާނުގެ ވެރި ރައްބުގެ ޙަޟްރަތުގައި  އަޅުގަނޑުމެންނަށްޓަކައި ޝަފާޢަތްތެރިވެވަޑައިގަންނަވަންވީ ނޫންތޯއެވެ؟]

آدم عليه السّلام އެބައިމީހުންނާ މުޚާތަބު ކުރައްވާ ވިދާޅުވާނެއެވެ.

[މީކުރިންވެސް އަދި ފަހުންވެސް ދުވަހަކު މާތް ކޯފާވެވޮޑިގެން ނުވާވަރަށް އެކަލާނގެވަނީ ކޯފާވެވޮޑިގެންފައެވެ. އެކަލާނގެވަނީ ތިމަންކަލޭގެފާނަށް ގަހާ ކައިރިވެވަޑައިގެންނެވުން މަނާ ކުރައްވައިފައެވެ. ނަމަވެސް ތިމަންކަލޭގެފާނަށްވަނީ އެ އަމުރުފުޅަށް ނުކިޔަމަންތެރިވެވިފައެވެ. ތިމަންކަލޭގެފާނުގެ ނަފްސެވެ. ތިމަންކަލޭގެފާނުގެ ނަފްސެވެ. ތިޔަބައިމީހުން އެހެން ބޭކަލެއްގެ އަރިހަށް ދާށެވެ. نوح عليه السّلام ގެ އަރިހަށް ދާށެވެ.]

ދެން އެބައިމީހުން نوح عليه السّلام ގެ އަރިހަށް ގޮސް ދަންނަވާނެއެވެ. [ކަލޭގެފާނަކީ މީސްތަކުންގެ ގާތަށް ފޮނުވުނު އެންމެ ފުރަތަމަ ރަސޫލާއެވެ. މާތް ކަލޭގެފާނަށް ދެއްވައިފައިވަނީ ގިނަގިނައިން ޝުކުރުވެރިވާ އަޅާގެ މަތިވެރި ލަޤަބެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި އަޅުގަނޑުމެންނަށްޓަކައި ޝަފާޢަތްތެރިވެވަޑައި ނުގަންނަވާނުތޯއެވެ؟] نوح عليه السّلام ވެސްއެކަމަށްއުޒުރުވެރިވެވަޑައިގެންނެވިއެވެ.

[البخاري (ت ٢٥٦)، صحيح البخاري ٣٣٤٠ / مسلم (ت ٢٦١)، صحيح مسلم ١٩٤ 

މިޙަދީޘްފުޅުން އެއްވެސް ޝައްކެއް ނެތި އެނގިގެން މިދަނީ މީސްތަކުންގެ ގާތަށް ރަސޫލްކަމާއިގެން ފޮނުއްވެވުނު ރަސޫލް ބޭކަލަކީ ނޫޙްގެފާނުކަމެވެ. ނޫޙްގެފާނަށް ޚާއްޞަވެގެންދާ އިތުރު ބައެއް ކަންތައްތައްވެސް މިލިޔުން ވިދާޅުވަމުން ގެންދެވުމުން އެނގިވަޑައިގަންނަވާނެއެވެ. އިން ޝާ ﷲ

މިއަދު އޮންލައިން