އަހުރެން އެންމެ ބޮޑަށް ބޭނުންވަނީ އިސްލާމް ދީނަށް ލޯބިޖެހިފައިވާ ހިތެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
އަހުރެން އެންމެ ބޮޑަށް ބޭނުންވަނީ އިސްލާމް ދީނަށް ލޯބިޖެހިފައިވާ ހިތެކެވެ!

ދުނިޔޭގެ އެދުން ބޮޑުވެ މާއްދިއްޔަތަށް ގެއްލި ހުސްވުމުން އިސްލާމް ދީނާއިމެދު ދެކެވޭ ގޮތް ތަފާތުވެގެންދެއެވެ. އެންމެ ބޮޑަށް ބޭނުންވަނީ ރަނަނާއި ޖަވާހިރާއި ފައިސާކަމުގައިވެގެންދެއެވެ. ނަމަވެސް އެމީހެއްގެ ހިތުގައި ﷲ ތަޢާލާ އާއިމެދު ފުރިހަމަ ގޮތުގައި ލޯބި އުފެދިފައިވާނަމަ އެމީހެއްގެ ވިސްނުން މުޅިން ތަފާތުވާނެއެވެ.

ތިރީގައި އެވަނީ މިއަދުނޫހުގެ ކިޔުންތެރިއަކު ޙިއްޞާކޮށްފައިވާ ވަރަށް މުހިންމު ބަސްކޮޅެކެވެ. މިއަދުގެ ޙާލަތުގައި މިފަދަ ބަސްތަކުގެ ހަނދާން އައުކުރަންޖެހެއެވެ. އިސްލާމް ދީން ޙިމާޔަތް ކުރެވޭނީ އެއިރުންނެވެ.

އަހުރެންގެ ވިސްނުމުގައި ކާބަފައިންގެ ކިބައިން ވާރުތަވި އެންމެ އަގުބޮޑު އެއްޗަކީ އިސްލާމް ދީނެވެ. ބިޔަ ރަންފަރުބަދައަކަށްވުރެ އަހުރެންގެ ކުރިމަތީގައި އިސްލާމްދީނުގެ އަގު މާބޮޑެވެ!

މީހެއްގެ ހިތުގައި އިސްލާމް ދީނަށް ލޯބި ނެތިއްޖެ ނަމަ ކުޑަކުޑަ ރަންކޮޅެއް ކީއްކުރަން، ކުޑަ ރިހިކޮޅެއްގެ އަގުވެސް މާބޮޑުވެދާނެއެވެ! ނަމަވެސް އެމީހާގެ ހިތުގައި އިސްލާމް ދީނަށް ލޯބި އޮތްނަމަ އެމީހާއަށް މުހިންމުވާނީ އިސްލާމް ދީނެވެ. ދުނިޔޭގައި ހުރި ހުރިހާ ފަރުބަދަތައް ރަނަށް ބަދަލުވެ ރަންފަރުބަދަތަކަކަށް ވެގެން ދިއަ ނަމަވެސް އިސްލާމް ދީނާއި އަޅުވައިފިނަމަ އެ ފަރުބަދަތަކުގެ އެއްވެސް އަގެއް ނުހުންނާނެއެވެ.

ވީމާ ކާބަފައިންގެ ކިބައިން ވާރުތަވި ރަނާއި ޖަވާހިރުތައް މުހިންމުވެފައި އިސްލާމް ދީން ނިކަމެތިވެއްޖެ ނަމަ އެމީހާގެ އެއްވެސް އަގެއް އަހުރެންގެ ކުރިމަތީގައި ނުވެއެވެ!

ތިލަކޮށްލާނަމެވެ! ރަނާއި ޖަވާހިރުތައް ތިޖޫރީގައި ގިނަވުމަށްވުރެ މުހިންމީ އިސްލާމް ދީނެވެ. އެދީނަށް ލޯބިކުރުމެވެ. އެދީން ހިމާޔަތްކޮށް ކުރިއަރުވަން މަސައްކަތްކުރުމެވެ.

 

މިއަދު އޮންލައިން