ދުޢާކުރަން ފަސްޖެހުމަކީ ރުހިވޮޑިގަތުން ގެއްލި ބޮޑާ،ކިބުރުވެރި މީހުންގެ ތެރޭގަ ހިމެނި ސުވަރުގެ ނުލިބިދާނެ ވަރަށް ނުރައްކާތެރި ކަމެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ދުޢާކުރަން ފަސްޖެހުމަކީ ރުހިވޮޑިގަތުން ގެއްލި ބޮޑާ،ކިބުރުވެރި މީހުންގެ ތެރޭގަ ހިމެނި ސުވަރުގެ ނުލިބިދާނެ ވަރަށް ނުރައްކާތެރި ކަމެއް!: މުފްތީ މެންކް

ކޮންމެ ކަމަކަށް ބޭނުންވި ނަމަވެސް އަހަރެމެން ވާގިއެދެން އޮތީ ﷲ ތަޢާލާގެ ޙަޟްރަތުންކަން މީސްތަކުންނަށް ހަނދުމަކޮށްދެއްވެވުމުގެ މެދުވެރިކުރައްވަވާފައިވާ ގޮތް ނިކަން ދެކިބަލާށެވެ! ކޮންމެ ނަމާދެއްގެ ކޮންމެ ރަކްޢަތެއްގައި އަހަރެމެން ސޫރަތުލްފާތިޙާ އެބަކިޔަވަމުއެވެ. އެ ސޫރަތުގައި: 

اِیَّاکَ نَعۡبُدُ وَ اِیَّاکَ نَسۡتَعِیۡنُ ؕ﴿۵ މިފަދައިން އެބަ ކިޔަމުއެވެ. މާނައީ: "އަޅަމެން އަޅުކަންކުރަނީ އިނބަ ﷲ އަށެވެ. އަދި އަޅަމެން ވާގިއެދެނީ، އިނބަ ރަސްކަލާނގެ ޙަޟްރަތުންނެވެ."  

މިފަދައިން ކެނޑިނޭޅި ދަންނަވަމުން ދުޢާކުރަން ފަސްޖެހޭނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. އެހެނީ ﷲ ތަޢާލާއަށް ދުޢާކުރަން ފަސްޖެހުމަކީ ބޮޑާ، ކިބުރުވެރިންގެ ސިފައެކެވެ. ބޮޑާ، ކިބުރުވެރިންނަކީ ސުވަރުގެވަންނާނެ ބައެއް ނޫންކަން އެނގެން އޮތްއިރު އެއީ ކިހައިަރެއްގެ ނުބައިކަމެއްކަން އެބަ އެނގިގެންދެއެވެ.  

ރަސޫލް ގެ ދީލަތިކަމާއި އޯގާތެރިކަން ނިކަން ދެކިބަލާށެވެ! އިތުރުއެކަލޭގެފާނަށް ބޭނުންފުޅުވެވަޑައިނުގެންނެވި ނަމަވެސް މީސްތަކުންނަށް ބޭނުންވާނެ ހުރިހާ ކަމެއްގައިހެން ވަނީ އެކަން ހިންމަވައި ދެއްވެވުން އެދި ދުޢާކުރައްވަވައިފައެވެ. އެކަމުގެ އެންމެ ބޮޑު ބޭނުންފުޅެއް ޤަބޫލުކުރެވެނީ އެފަދަ ކަމެއް ތިމާއަށް ކުރިމަތިވުމުން ކުރަންވީ ދުޢާ މީސްތަކުންނަށް އުނގަންވައިދެއްވެވުމެވެ.  

ޞަޙީހް ޙަދީޘްފުޅުން އެނގެން އޮތީ ﷲ ތަޢާލާއަށް ދުޢާނުކުރާ މީހުންނާއިމެދު ﷲ ތަޢާލާ ކަންބޮޑުވެވޮޑިގަންނަވާކަމެވެ. މާނައަކީ ދުޢާނުކުރާ މީހުންނަށް ﷲ ތަޢާލާ ރުހިވޮޑިގެން ނުވާކަމެވެ. ވީމާ ވީހައިގިނައިން ޤުރްއާނާއި ސުންނަތުގައި ވާރިދުވެގެންވާ ދުޢާތައްކުރާށެވެ! ﷲ ތަޢާލާ އެމީހާ އެދޭކަންކަން ހިންމަވައިދައްވަވާނެތެވެ. އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން