ހޭލުންތެރިވަމާ!! ރޯދަމަހު ގިނަ ބައަކު ޢަޞްރު ނަމާދަށްފަހު ނަމާދުތައް ޤަޟާކުރޭ! އެކަމަކު އެއީ ނުކުރެވޭނެ ކަމަކަށްވާއިރު މިވާގޮތެއް އެނގެން ބޭނުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ހޭލުންތެރިވަމާ!! ރޯދަމަހު ގިނަ ބައަކު ޢަޞްރު ނަމާދަށްފަހު ނަމާދުތައް ޤަޟާކުރޭ! އެކަމަކު އެއީ ނުކުރެވޭނެ ކަމަކަށްވާއިރު މިވާގޮތެއް އެނގެން ބޭނުން!

"ޚާއްޞަކޮށް ރަމަޟާން މަހު މިސްކިތްތަކުން ގިނައިން ފެންނަ ކަމެކެވެ. ޢަޞްރު ނަމާދު ކުރުމަށްފަހު އިތުރު ނަމާދުކުރާތަނެވެ. ސުވާލުކުރުމުން ބުނަނީ ނަމާދު ޤަޟާކުރަނީ ކަމަށެވެ. ޢަޞްރު ނަމާދަށްފަހު ޤަޟާ ނަމާދެއް ނުކުރެވޭނެ ކަމަށް ޢިލްމުވެރިން ވިދާޅުވާއިރު މިވަނީ ކިހިނެއްތޯއެވެ؟"  

ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.  

"ތިއަ ވިދާޅުވާ މަންޒަރު ރަމަޟާން މަހު ފެނުން ގިނަވެއެވެ. އެކަން އެހެން އެވާ ގޮތަކީ ބައެއް މީހުން ފަތިސް ނަމާދާއި މެންދުރު ނަމާދުގެ ވަޤުތުގައި ނިދާފައި ތިބެފައި ޢަޞްރުވާތަނުން ހޭލައިގެން މިސްކިތަށް އައިސް ފުރަތަމަ ޢަޞްރު ނަމާދުކުރަނީއެވެ. އެއިގެ ފަހުން ފަތިސްނަމާދާއި މެންދުރު ނަމާދު ޤަޟާޢަށް ކުރަނީއެވެ.  

އަނެއްބައަކު ޖަމޡާޢަތުގައި ފަތިސްނަމާދުކޮށްގެން ނިދަނީއެވެ. ނިދާގޮތަށް މެންދުރުވަޤުތުވެސް ފާއިތުވެގެންދަންދެން ނިދަން ތިބެފައި ޢަޞްރުވާތަނުން ހޭލައިގެން މިސްކިތަށް އައިސް ފުރަތަމަ ޢަޞްރު ނަމާދުކުރަނީއެވެ. އެއިގެ ފަހުން މެންދުރު ނަމާދު ޤަޟާޢަށް ކުރަނީއެވެ.  

މިއީ މިކަން ކުރަން އޮތް ގޮތެއް ނޫނެވެ. ފަތިސްނަމާދު ނުކުރެވި އޮތްނަމަ ފުރަތަމަ ފަށަންޖެހޭނީ ފަތިސްނަމާދުންނެވެ. ދެން މެންދުރުނަމާދެވެ. ޢަޞްރު ނަމާދު އަދާއަށް ކުރަން ޖެހޭނީ ކުރީ ދެ ނަމާދު ޤަޟާކޮށްފައެވެ. ދެން ފަތިސް ނަމާދު ކުރިނަމަވެސް މެންދުރުނަމާދު ނުކުރެވުނު މީހާ ފުރަތަމަ ކުރަން ޖެހޭނީ މެންދުރު ނަމާދެވެ. ޢަޞްރު ނަމާދު އަދާއަށްކުރުމުގެ ކުރިން މެންދުރުނަމާދު ޤަޟާއަށް ކުރަންޖެހޭނެއެވެ.

އަދި މިގޮތަށް ޤަޟާކުރުމަކީ އާދައަކަށް ހަދައިގެންވެސް ނުވާނެއެވެ. އެހެނީ ނަމާދު އެޅުން ހުއްދައީ ނިދިފައި އޮތުމުންނެވެ. ޤަޞްދުގައި ނިދާފައި އޮތުމުގެ ޙުކުމަކީ މުޅިން ތަފާތު ޙުކުމެކެވެ. ވީމާ ކޮންމެ ދުވަހަކު ފަތިސްނަމާދާއި މެންދުރު ނަމާދު ގެއްލޭގޮތަށް ނިދާފައި އޮތުމަކީ މުސްލިމަކަށް ހުއްދަވާނެ ކަމެއް ނޫނެވެ.  

މި ކަންކަމަކީ ރަމަޟާން މަހު ޢާންމުކޮށް ފެންނަ ކަމެއްކަން ކިޔުންތެރިޔާވެސް އެވަނީ ފާހަގަކުރައްވައިފައެވެ. އަޅުގަނޑުގެ އިލްތިމާސަކީ ހުރިހާ ބޭފުޅުންވެސް މިކަންކަމަށް ވިސްނަވައި ރޯދަ ހިފަން ދޭ ސަމާލުކަމަށްވުރެވެސް ބޮޑަށް ފަރުޟުނަމާދުތަކަށް ސަމާލުކަން ދެއްވުމެވެ. ސަބަބަކީ ރޯދަ އައިސްފައިވަނީ ނަމާދުގެ ފަހަތުންނެވެ. ވީމާ ފުރިހަމަ ގޮތުގައި ރޯދަ ހިފޭނީވެސް ފަރުޟު ނަމާދުތައް އަދާކޮށްގެންނެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން