މަލާއިކަތުން ފޮނުއްވަވައިގެންވެސް ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަން ހޯދަން ކުރަންހުރި ކަންކަން ކޮށްގެން ތިބޭމީހުންނަށް ރައްކައުތެރިކަން ދެއްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
މަލާއިކަތުން ފޮނުއްވަވައިގެންވެސް ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަން ހޯދަން ކުރަންހުރި ކަންކަން ކޮށްގެން ތިބޭމީހުންނަށް ރައްކައުތެރިކަން ދެއްވަވާނެ! އިން ޝާ ﷲ

ﷲ ތައާލާ އެމީހަކަށް ރައްކައުތެރިކަން ދެއްވަވައިފި އަޅަކަށް އަނިޔާއެއް ދެވޭނޭ ހަމައެކަކުވެސް ނުހުންނާނެ ކަމަށް ބުނުމުން މީހަކު މީހެއްގެ ގައަށް ބަޑިޖަހައިފިއްޔާ ދެންވާނެ ގޮތަކާއިމެދު އެބަ ސުވާލުކުރެއެވެ. 

ޔަޤީންކުރާށެވެ! ﷲ ތަޢާލާ އެމީހަކަށް ޙިމާޔަތް ދެއްވަވާފައިވާ މީހެއްގެ ގައަށް ބަޑިޖެހިޔަސް ބޮން ގޮއްވިޔަސް އެމީހަކަށް ހަމަ އެއްވެސް އަނިޔާއެއް ނުލިބޭނެއެވެ. އެކަމަކުން އެމީހަކު ސަލާމަތްކުރައްވަވާނެތެވެ. 

ކުޑަކުޑަ 2 މިޘާލެއް ބުނެދޭނަމެވެ. ޔޫސުފްގެފާނުގެ އަޚުން އެކަލޭގެފާނު ގެންގޮސް އެބޮޑު، ފުން ފެންވަޅަށް ވައްޓައިލުމުން ކަންކަންވީ ކިހިނަކުންހެއްޔެވެ؟ އަޑީގައި ޖެހެންދިއަ ވަޤުތު ﷲ ތަޢާލާ ޖިބްރީލްގެފާނު ފޮނުއްވަވައި އެކަލޭގެފާނު ހިއްޕަވައި ސަލާމަތް ކުރެއްވެވިއެވެ. 

ދެވަނަ ކަމަކަށް މީސްތަކުން ޢީސާގެފާނު ޞަލީބަށް އަރުވަން އުޅުނު ވަޤުތު ﷲ ތަޢާލާ ޖިބްރީލްގެފާނު ފޮނުއްވަވައި އެކަލޭގެފާނު އުޑަށް އުފުއްލެވީއެވެ. އަލުން ﷲ ތަޢާލާ ޢީސާގެފާނު ދުނިޔެއަށް ފޮނުއްވަވަންދެން އެކަލޭގެފާނު ހުންނަވާނީ އުޑުގައި ﷲ ތަޢާލާގެ ރައްކައުތެރިކަމުގައެވެ. 

މިއަދުވެސް މިކަންކަން ހިނގާނީ ހަމަމިގޮތަށެވެ. ﷲ ތަޢާލާ ރައްކައުތެރިކުރައްވަވާފައިވާ އަޅުން ރައްކައުތެރިކުރައްވަވާނެތެވެ. އެކަން ހިނގިގޮތް ނުއެނގެނީއެވެ. މެދުވެރިކުރެއްވެވި ސަބަބު ނުއެނގެނީއެވެ. އެކަމުގެ ކުޑަކުޑަ މިޘާލެއްވެސް ބުނެލާނަމެވެ. 

ބައަކު އެކުގައި ހިނގާފައިގޮސް ލޭންޑްމައިނަކަށް އެރެނީއެވެ. ބޮން ގޮވައި އެއްބައަކު މަރުވަނީއެވެ. އަނެއް ބައަކު ސަލާމަތްވަނީއެވެ. އެކުގައި ގޮސް ހަމަ އެއްތަނަކަށް އެރި ބައެކެވެ. އެކަމަކު މިވީ ކިހިނެއް ހެއްޔެވެ؟ އެއްބައަކު ސަލާމަތްވެ އަނެއްބައަކު މަރުވީއެވެ. އަނެއްބައަކު ޒަޚަމްވިއިރު އެއްވެސް ކަމެއްނުވާ މީހުން އެބަތިބެއެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ފަތިސްނަމާދުކޮށް ﷲ ތަޢާލާގެ ރައްކައުތެރިކަން ހޯދަން މަސައްކަތްކުރަންވީ މިފަދަ ސަބަބުތައް ހުންނާތީއެވެ. ދެއިރުގެ ޛިކުރުތައް ކިޔަންވީ މިހެންވެގެންނެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަން ލިބުމުގެ އުންމީދުގައެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން