ތިމާޢަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާނުކޮށް ތިބެ އެހެން މީހުން މަސްއޫލިއްޔަތު އަދާނުކުރާވާހަކަ ދެއްކުން މިވަނީ ޢާންމުވެފައެވެ. ރައްޔިތުންގެ ފައިސާއިން މުސާރަގަމުން ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ކޮށްނުދޭ މީހުން ގިނަވެއްޖެއެވެ.
ރާއްޖޭގެ މިއަދުގެ ޙާލަތަށް ބަލައިފިނަމަ ކޮންމެ މީހަކީވެސް އެހެން މީހުންނަށް އިނގިލި ދިއްކުރާ މީހެކެވެ. ހިތާމައަކީ ހަރުބަހުގައި ބުނާފަދައިން އެއިރު އެމީހާއާއި ދިމާއަށް ކިތައް މީހުންގެ އިނގިލި އަމާޒުވެފައިވެފައިވާކަން ނުއެނގޭކަމެވެ. ތިމާކުރާ ކުށްތައް އެއީ ކުށް ނޫންކަމަށް ބަލައި އެހެން މީހުން ކުރާ ކުށްތައް ހާމަކުރުން ގިނަވަމުންދާއިރު މިކަމާއި ގުޅީގެން ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެފައިވާ މިބަސްފުޅުތެ ހަނދާން އައުކޮށްލުމުން ޢިބްރަތެއް ލިބިގެންދާނެއެވެ.
ޝައިޚް ވިދާޅުވެފައިވަނީ އިންސާނާގެ ކިބައިގައި ހުންނަ އުނި އެއް ސިފައަކީ ތިމާ އާއި ތިމާ ލޯބިވާ މީހުންގެ ކިބައިގައި ހުންނަ ކުށްތައް ފާހަގަ ނުކުރެވި، އެހެން މީހުންގެ ކުށް ފާހަގަކުރެވުން ކަމަށެވެ.
މިއީ މިއަދު ދިވެހިންގެ ތެރޭގައިވެސް ވަރަށް ޢާންމުވެފައިވާ ކަމެއްކަން ފާހަގަކުރެވެއެވެ. ތިމާ އާއި ތިމާ ތާއީދުކުރާ މީހުން ކިތަންމެ ބޮޑުތި ފާފަތަކެއް ކުރިނަމަވެސް، ޤާނޫނި ގޮތުން ކިތަންމެ ބޮޑެތި ކުށްތަކެއް ކުރިނަމަވެސް އެއިން އެއްވެސް ކަމަކީ ކުށެއްގެ ގޮތުގައި ގިނަ މީހުންނަށް ފާހަގައެއް ނުކުރެވެއެވެ. ނަމަވެސް އެހެން މީހެއްގެ ކިބައިން ކިތަންމު ކުޑަ އުނިކަމެއް ފެނުނު ނަމަވެސް އެއީ ވަރަށް ބޮޑު އުނިކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ޢާންމު ދިރިއުޅުމަށް ބެލިނަމަވެސް މިފަދަ ކަންކަން ފެނެއެވެ. ތިމާގެ އަމިއްލަ އަނބިދަރިންނަށް ނުވަތަ ފިރިންނަށް ދޭންޖެހޭ ލޯބި ނުދީ، އަޅައިނުލާ މީހުން އެހެން މީހުންގެ އެފަދަ ކަންކަން ފާހަގަކޮށް ވާހަކަތައް ދައްކައެވެ. އަދި ފަތުރައިވެސް ހަދައެވެ. އަމިއްލަ މައިން ބަފައިންނަށް އެހީތެރިނުވެ އަޅައި ނުލާ މީހުން އެހެން މީހުންގެ އެފަދަ ވާހަކަތައް ދައްކައެވެ.
ދީނީ ގޮތުން ބަލައިފިނަމަ ނަމާދު ނުކުރާ އަދި ފާފަތަކަށް އަރައިގަނެވޭ މީހުން ތައުބާ ނުވެ ތިބެ އެހެން މީހުންގެ ވާހަކަތައް ދައްކައެވެ. އިސްލާމް ދީނުގައި އޮތީ ފުރަތަމަ ކަމެއްގެ ގޮތުން ތިމާ އިޞްލާޙްވުމެވެ. ކޮންމެވެސް އިރެއްގައި ފާފައެއް ނުކުރެވޭ، ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ބެހެއްޓުނު މީހަކު ވަރަށް މަދުވާނެއެވެ. އެފަދަ މީހުންނަށް ފުރަތަމަ ކަމެއްގެ ގޮތުން އޮތީ ތިމާ ތައުބާވުމެވެ. ފުރިހަމަ ތައުބާއަކުން ތައުބާވެއްޖެ މީހަކީ އެފަދަ އަމަލެއް ނުކުރާ މީހެއް ފަދައެވެ.
Ali Zahir bin Saeed @alizahirsaeed
More
Insaanaage kibaigai hunna uni eh sifayakee thima aai thima loabiva meehunge kibaigai hunna kuh thah faahaga nukurevi, ehenmeehunge kuh thah