ކުރިމަތިފަރާތް ތެއްކޮށް ހުރުމުގެ މާނައަކީ އެތަނުން ނިކުންނަ ފެނަކީ ނަޖިހަކަށް ވުމެއް ނޫނެވެ. އަދި ކިއެއްތަ އެއީ ޠާހިރު އެއްޗެކެވެ.
ކުރިމަތިފަރާތް އަބަދު ތެތްކޮށް ހުރުމުގެ ސަބަބުން ވުޟޫ ގެއްލޭނެތޯ ނުވަތަ ނޫންތޯ، މިކަމާއި މެދުގައި ޢިލްމުވެރިން ގެ މެދުގައި ޚިލާފު ހުއްޓެވެ.
ޖުމްހޫރު (ގިނަ) ޢިލްމުވެރިން ބުރަވެލައްވަނީ ކުރިމަތިފަރާތް އަބަދު ތެއްކޮށް ހުންނަ ނަމަ ކޮންމެ ނަމާދަކަށް ވުޟޫ ކުރަން ޖެހޭނެކަމަށެވެ. ސަބަބަކީ އިސްތިޙާޟާ ގެ އަންހެނުންނަށް ވެސް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަންގަވާފައިވަނީ ކޮންމެ ނަމާދަކަށް ވުޟޫ ކުރުމަށެވެ.
އަލްއިމާމް އިބްނު ޙަޒްމު- ރަޙިމަހުﷲ- ދެކިލައްވަނީ ވުޟޫ ކުރަން ނުޖެހޭނެ ކަމަށެވެ.
މިމައްސަލާގައި އެންމެ ސަލާމަތްކަން ބޮޑު ގޮތަކީ މިފަދަ ކަމެއް މެދުވެރިވެފައިވާ އަންހެނުން ކޮންމެ ނަމާދަކަށް ވުޟޫ ކުރުމެވެ. واللهأعلم
ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ "ކުރިމަތިފަރާތުގަ އަބަދު ތެތްކަން ހުންނަނަމަ ކޮންމެ ނަމާދަކަށް ހިނައިގަންނަން ޖެހޭނެތޯ؟" ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ.
އިތުރު 2 ސުވާލެއް:
އަނދިރިތަންތާނގައި ނަމާދު ކުރުމަކީ ކޮންކަހަލަ ކަމެއްތޯ؟:
ނަމާދު ކުރުން މަނާ ތަންތަނުގެ ތެރޭގައި އަނދިރި ތަންތަން ހިމެނިފަ އެއް ނުވެއެވެ. އެހެންކަމުން އެފަދަ ތަނެއްގައި ނަމާދު ކުރުމަކީ މައްސަލަ އެއް ނޫނެވެ. واللهأعلم
ޝަރީޢަތަށް ހުށައެލިފައިވާ މައްސަލައަކާއި ގުޅިގެން ޤަރީނާއެއްގެގޮތުގައި ހުށަހެޅޭ އޮރިޔާން މަންޒަރު ދައްކުވައިދޭ ވީޑިއޯޤާޟީބެލުންހުއްދަވާނެތަ؟:
ގަރީނާއެެއްގެ ގޮތުގައި ޝަރީޢަތުގެ މަޖްލިހަށް ހުށަހެޅޭ އޮރިޔާން މަންޒަރު ދައްކުވައިދޭ ވީޑީއޯ ގާޟީ ބެލުމަކުން މައްސަލައެއް ނެތެވެ. واللهأعلم
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް