ޢަލީ އިޙްޞާން ފިރާޤް
ދައްޖާލުގެ ފިތުނައާމެދު އިންޒާރު ކުރެއްވުން:
نوح عليه السّلام އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންނަށް ދައްޖާލުގެ ފިތުނައާ މެދު އިންޒާރުކުރެއްވިއެވެ. ދައްޖާލު ފާޅުވުމުން ކަންތަށް ހިނގާނެ ގޮތްތައް ބަޔާންކޮށްދެއްވިއެވެ. ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހުގެ އަރިހުން އަލްއިމާމު ބުޚާރީ ރިވާކުރައްވައިފައިވެއެވެ. ރަސޫލާ صلّى اللّـه عليه وسلّم މީސްތަކުންނަށް ޚުތުބާއެއް ދެއްވިއެވެ. އެ ޚުތުބާގައި، މާތްالله سبحانه وتعالى އަށް ޙަމްދު ސަނާ ވިދާޅުވުމަށްފަހު ޙަދީޘްކުރެއްވިއެވެ.
"إِنِّي لأُنْذِرُكُمُوهُ، وَمَا مِنْ نَبِيٍّ إِلاَّ أَنْذَرَهُ قَوْمَهُ، لَقَدْ أَنْذَرَ نُوحٌ قَوْمَهُ، وَلَكِنِّي أَقُولُ لَكُمْ فِيهِ قَوْلاً لَمْ يَقُلْهُ نَبِيٌّ لِقَوْمِهِ، تَعْلَمُونَ أَنَّهُ أَعْوَرُ، وَأَنَّ اللَّهَ لَيْسَ بِأَعْوَرَ "{ صحيح البخاري،كتاب أحاديث الأنبياء، بَابُ قَوْلِ اللَّهِ عَزَّ وَجَلَّ: {وَلَقَدْ أَرْسَلْنَا نُوحًا إِلَى قَوْمِهِ، ޙަދީޘް ނަންބަރު 3337}"
މާނައީ: [ހަމަކަށަވަރުން ދައްޖާލާމެދު ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް އިންޒާރު ކުރައްވަމެވެ. ނަބީބޭކަލުންކުރެ އެބޭކަލެއްގެ އުއްމަތުގެ މީހުންނަސް އޭނާއާމެދު (އެބަހީ: ދައްޖާލާމެދު) އިންޒާރު ނުކުރައްވާ އެއްވެސް ނަބީއަކު ނުވެއެވެ. ހަމަކަށަވަރުން نوح عليه السّلام ވެސް އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންނަށް އޭނާއާމެދު އިންޒާރު ކުރެއްވިއެވެ. ދައްޖާލާމެދު އެހެން އެއްވެސް ނަބީބޭކަލަކު އެބޭކަލުންގެ އުއްމަތުގެ މީހުންނަށް ވިދާޅުވެފައިނުވާ ބަސްފުޅެއް ތިމަންކަލޭގެފާނު ވިދާޅުވެދެއްވާނަމެވެ. ތިޔަބައިމީހުން ރަނގަޅަށް ދަންނާށެވެ. ދައްޖާލު އަވަރުވާނެއެވެ. ހަމަކަށަވަރުން މާތްالله سبحانه وتعالى އަވަރުވެވޮޑިގެންނުވެއެވެ.]
- ޢަލީ އިޙްޞާން ފިރާޤް
ދައްޖާލު ފައުޅުވާން ދާދިގާތްވެއްޖެ ކަމުގެ ހެކިތައް މިއަދު ދުނިޔެއިން މިއަންނަނީ ފެންނަމުންނެވެ. ދައްކާލުގެ ލަޝްކަރުގައި ގިނަވާނީ އަންހެނުންނެވެ. ދައްޖާލުގެ ކަންކަން މާމަތީކަންކަމުގައި ދައްކައި ދައްޖާލަށް މަރުޙަބާކިޔަން މީސްތަކުން ތައްޔާރުކުރުވުމުގައި ދައްޖާލުގެ އެންމެ ގާތް މީހެއްގެ ގޮތުން މަސައްކަތްކުރާނީވެސް އަނހެނަކު ކަމަށް ބުނެވެއެވެ.
މިއަދު ސިފައިންނާއި ފުލުހުންގެ ތެރޭގައި އަންހެނުން މިއަންނަނީ ގިނަވަމުންނެވެ. ބޮޑެތި އިސްމަޤާމުތަކުގައ އަންހެނުން އަންނަނީ ގިނަވަމުންނެވެ. ތެދުވެރިންގެ ބަސް ޤަބޫލުކުރާ މީހުން އަންނަނީ މަދުވަމުންނެވެ. ދޮގުވެރިންގެ ބަސް ޤަބޫލުކޮށް ހެއްލޭ މީހުން މިދަނީ ގިނަވަމުންނެވެ. މިހިރަ ހުރިހާ ކަންކަމަކީވެސް ދައްޖާލު އެރުން ދާދި ގާތްވެއްޖެ ކަމުގެ ހެކިތައް ކަމުގައި ޢިލްމުވެރިން ބަޔާން ކުރައްވައެވެ.