ދިހަ އަހަރު ކޯމާގަ ނުވަތަ ވާގިނެތި އޮވެފަ މަރުވާއިރު އެ ދިހަ އަހަރު އެކުގަ އަޅުކަންކުރި މީހެއްގެ ގޮތުގަ މަރުވެ ޘަވާބުތައް ފުނިފުންނަށް ހިފައިގެން ﷲ ގެ ޙަޟްރަތަށްދާން ބޭނުންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ދިހަ އަހަރު ކޯމާގަ ނުވަތަ ވާގިނެތި އޮވެފަ މަރުވާއިރު އެ ދިހަ އަހަރު އެކުގަ އަޅުކަންކުރި މީހެއްގެ ގޮތުގަ މަރުވެ ޘަވާބުތައް ފުނިފުންނަށް ހިފައިގެން ﷲ ގެ ޙަޟްރަތަށްދާން ބޭނުންތަ؟

«إِذَا مَرِضَ العَبْدُ، أَوْ سَافَرَ، كُتِبَ لَهُ مِثْلُ مَا كَانَ يَعْمَلُ مُقِيمًا صَحِيحًا»

[صحيح البخاري] 

މާނައީ:

"(ﷲގެ) އަޅާ ރަށުގައި ޤާއިމުވެ، ހެޔޮ ޙާލުގައިހުރެ (ޤަވާޢިދުން) ކުރާ ޢަމަލުތައް، އޭނާ ބަލިވެގެން ނުވަތަ ދަތުރުމަތީގައިވުމުގެ ސަބަބުން ނުކުރެވުނުކަމުގައިވިޔަސް އެ ޢަމަލުތަކުގެ އަޖުރު އޭނައަށް ލިޔުއްވޭނެއެވެ." 

މި ހަދީޘްފުޅުން ދަލީލްކޮށްދެނީ ހެޔޮ ކަމެއްކުރުމުގެ ނިޔަތް އޮވެ، ދިމާވި ކަމެއްގެ ސަބަބުން އެކަންކުރުމަށް ނުކުޅެދުނުކަމުގައިވިޔަސް އެމީހަކަށް އެހެޔޮ ޢަމަލުކުރިކަމުގެ އަޖުރު ދެއްވަވާނެ ކަމެވެ.  

ވީމާ ގަދަވެ ސަލާމަތުން ހުންނަން ﷲ ތަޢާލާ ދެއްވަވާ ފުރުޞަތުގައި ވީހައި ގިނައިން ހެޔޮ ޢަމަލުތައްކުރުންމަތީގައި ދެމިހުންނާށެވެ. ވީހައިގިނައިން ސުންނަތް ނަމާދުކޮށް ރޯދަހިފުން ފަދަ ކަންކަންކުރަމުން ގެންދާށެވެ. އެއިރުން އެމީހަކު ބަލިޙާލުގައި އޮންނަންޖެހިއްޖެނަމަ އެދުވަސްތަކުގައި އެމީހަކު ކުރިން ކުރަމުން އައި ހެޔޮ ޢަމަލުތައް ކުރިކަމުގެ އަޖުރު ﷲ ތަޢާލާ ދެއްވަވާނެތެވެ.

މިއީ މަރަށް ތައްޔާރުވާ ފަދައިން ތައްޔާރުވާންޖެހޭ ކަމެކެވެ. މުސްލިކުޅިވުމުގެ ކުރިން ޒުވާންކަމުގެ ފައިދާ ލިބިގަތުމަކީ އެއީއެވެ. ޒުވާން ޢުމުރުގައި ވީހައި ގިނައިން އަޅުކަންކޮށް އުޅެންވީ މިފަދަ ޙާލަތެއް މެދުވެރިވެދާނެ ކަމަށްޓަކައެވެ.   

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން