ނަމާދުގަ އަންހެނުންނާ ފިރިހެނުން ތަފާތުކޮށް ކުރަންޖެހޭ އެއްވެސް ކަމެއް އެބައޮތް ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ނަމާދުގަ އަންހެނުންނާ ފިރިހެނުން ތަފާތުކޮށް ކުރަންޖެހޭ އެއްވެސް ކަމެއް އެބައޮތް ހެއްޔެވެ؟

ނަމާދުގައި ފިރިހެނުންނާއި އަންހެނުން ހަމަހަމައެވެ. އެއްވެސް ރުކުނެއް ވާޖިބެއް އަދި ސުންނަތެއްގައި ނުވަތަ ހަރަކާތެއްގައި އަންހެނުންނާއި ފިރިހެނުން ތަފާތު ކުރާނެ އެއްވެސް ދަލީލެއް ސާބިތެއް ނޫނެވެ. އަދިކިޔެއް رسول الله صلى الله عليه وسلم އަމުރު ކުރައްވާފައިވަނީ އެންމެންވެސް އެކަލޭގެފާނު ނަމާދު ކުރެއްވި ގޮތަށް ނަމާދު ކުރުމަށެވެ. 

ހަދީޘް ކުރައްވާފައިވެއެވެ.

(صَلُّواكَمَارَأَيْتُمُونِيأُصَلِّي)) (البخاريومسلم) "ތިމަންކަލޭގެފާނު ނަމާދު ކުރައްވަނިކޮށް ތިޔަބައިމީހުން ދުށްގޮތަށް ނަމާދު ކުރާށެވެ." 

އިތުރު އެކަލޭގެފާނުން ނަމާދު ކުރެއްވި ގޮތް ބައްލަވައި އަޅުގަނދުމެނާއި ހަމަޔަށް ގެނެސްދެއްވި މާތް އަޞްހާބުންގެ އަރިހުން ނުވަތަ ސަލަފުއް ސޯލިހުންގެ އަރިހުން ވާރިދުވެފައި ވަނީ ފިރިހެނުންނާއި އަންހެނުންނަށް، އަދި ހުރިހާ ޖިންސެއްގެ މީހުނަށް ވެސް އެއްމެ ނަމާދެކެވެ. އެއީ އެކަލޭގެފާނު ނަމާދު ކުރެއްވިގޮތެވެ. 

ބައެއް އަންހެނުން ނަމާދު ކުރާ ފަދައިން ސަޖިދައިގައި ކުރުގެޅިގެން ނުވަތަ ކަކުލާއި ގާތުގައި ސަޖިދައަށް އޮތުމާއި މެދުގައި ވާރިދުވެގެންވާ ޚަބަރަކީ އިތުރު އެކަލޭގެފާނުންގެ އަރިހުން ސައްހަ ޚަބަރެއް ނޫނެވެ. ސަލަފުންގެ އިލްމުވެރިއެއްކަމުގައިވާ އިބްރާހީމް އައްނަޚަޢީ އާއި ސުވާލު ވެވުމުން ޖަވާބު ދެއްވާފައިވަނީ: (( تَفْعَلُالْمَرأَةُفِيالصَّلَاةِكَمَايَفْعَلُالرَّجُلُ)) (ابنأبيشيبة) "ނަމާދުގައި އަންހެނުންވެސް ކަންތައް ކުރާނީ ފިރިހެނުން ކަންކުރާފަދައިންނެވެ." والله أعلم  

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން