ތިބާ މީހަކު ނުމެރިނަމަވެސް ކައްވަޅުގަ އޮންނައިރުވެސް މީހުން މަރާކަމުގެ ބޮޑުފާފާ ލިބިލިބި ހުންނާނެ ނުބައި ޢަމަލު-!: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ތިބާ މީހަކު ނުމެރިނަމަވެސް ކައްވަޅުގަ އޮންނައިރުވެސް މީހުން މަރާކަމުގެ ބޮޑުފާފާ ލިބިލިބި ހުންނާނެ ނުބައި ޢަމަލު-!: ޝައިޚް އަބޫބަކުރު ޒައުދު

އަހުރެމެން ނަމާދުކުރަމެވެ. ރޯދަހިފަމެވެ. ދަމުނަމާދާއި އެހެންވެސް ސުންނަތް ނަމާދުތައްވެސް ކުރަމުއެވެ. ކައްވަޅުގެ ޢަޛާބުން ސަލާމަތްވާން މަސައްކަތްވެސް ކުރަމުއެވެ. އެކަމަކު ބައެއް ކަންކަމަށް އިހްމާލްވަމުއެވެ. އެހެންވެ މިކިޔައިދެނީ އެފަދަ ކަމެއްގެ ވާހަކައެވެ.

ޙަދީޘްފުޅުގައިވަނީ "މުސްލިމަކަށް ލައްނަތްލުމަކީ އޭނާ މަރައިލުން" ކަމަށެވެ. ވިސްނައިލާށެވެ! ތިބާ އޭނާ މަރައެއް ނުލައެވެ. ނަމަވެސް ޙަދީޘްފުޅުގައި މިއޮތީ އޭނާ މަރައިލީ ކަމަށެވެ. ވީމާ މި ޙަދީޘް ބަސްފުޅުގެ މާނައަށް ބަލާށެވެ!

އެ ބަސްފުޅުގެ މާނައަކީ މީހަކަށް ލަޢްނަތްލުމަކީ އޭނާ މަރައިލުން ފަދަ ބޮޑު ފާފައެއް ކަމަށެވެ!

ޙަދީޘްފުޅޫން އެނގެން އޮތް ގޮތުގައި ﷲ ތައާލާ އެމީހަކުދެކެ އެންމެ ބޮޑަށް ރުހިވޮޑިނުގަންނަވާ ދެ ސިފައެއް ވެއެވެ. އެތަނުން އެއް ސިފައަކީ އަޚްލާޤް ނުބައިވުމާއި ޚާޢްޞަކޮށް އެމީހާގެ ދޫނުބައިވުމެވެ. މާނައަކީ ދުލުން ނުބައިބަސްތައް ބުނުމެވެ.

މީސްތަކުންނޭވެ! މިއަދު މިވަނީ ދެމަފިރިން އެކަކު އަނެކަކަށް ލައްނަތްދިނުން ޢާންމުކަމަކަށްވެފައެވެ. އެތަނުން ދަސްކޮށްގެން ދަރިން އެކަކު އަނެކަކަށް އެބަ ލަޢްނަތްދެއެވެ. ވީއިރު މިކުރެވޭ ބޮޑުވެގެންވާ ނުބައި ﷲާފައަށް ބިރުވެތިވާށެވެ.

އަދިވެސް ބުނަންހެއްޔެވެ؟ ތިބާ މަރުވެ ކައްވަޅަށް ދާންޖެހުނީއެވެ. ތިބާގެފުށުން މިނުބައި ޢަމަލު ދަސްވި ދަރިން ނުވަތަ އެހެން ބައަކު މީސްތަކުންނަށް ލަޢްނަތްދެމުން ގެންދަނީއެވެ. އެނގޭހެއްޔެވެ؟ އެކަމުގެ ޢަޛާބުން ތިބާއަށް ދާނީ ބައިއެލެމުންނެވެ.

މީސްތަކުންނޭވެ! މުސްލިމުންނަށް އޮތީ އެކަކު އަނެކަކާއި ބައްދަލުވުމުން ސަލާމްކުރުމެވެ. ހެޔޮ ދުޢާކުރުމެވެ. ކޮންމެ ނަމާދެއްގެ އައްތަޙިއްޔާތުގައި ދުޢާ މިކުރަނީ އެންމެހައި މުސްލިމުންނަށް ރަޙްމަތް ލެއްވެވުމަށެވެ. ވީއިރު މިފަދައިން ދުޢާކުރަމުން މުސްލިމް އަޚުންނަށް ލަޢްނަތް ދޭނީ ކޮންފަދައަކުން ހެއްޔެވެ؟

މީސްތަކުންނޭވެ! މިއީ ވަރަށް ބިރުހުރިކަމެކެވެ! ބޮޑުވެގެންވާ ނުބައިފާފައެކެވެ. ނުބައިކަންބޮޑުވެގެންވާ ފާފަތަކުގެ ތެރެއިންވެސް ނުބައިކަން ބޮޑު ފާފައެކެވެ. ބިރުވެތިވެ ރައްކައުތެރިވެ ތިބުމަށް އެންމެހައި މުސްލިމުންނަށް ވަޞިއްޔަތް ކުރަމެވެ!

--ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން