އިބްލީސް އިބިލީހަކަށްވި ސަބަބު- މުސްލިމުން އަބަދުވެސް އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ އެއްކަންތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
އިބްލީސް އިބިލީހަކަށްވި ސަބަބު- މުސްލިމުން އަބަދުވެސް އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ އެއްކަންތައް!

އިބްލީހުގެ މާޒީއަށް ބަލާށެވެ. އޭތި އުޑަށް އުފުއްލަވައި މަލާއިކަތުންނާއިއެކު ލެއްވެވުނެވެ. އިބްލީސް އުޑުގައި ﷲ ތައާލާއަށް އަޅުކަންކުރިއެވެ. ސުވާލަކީ އެހެންވީއިރު ނުބައި ނުލަފާކަން ބޮޑު ޝައިޠޯނަކަށްވީ ކީއްވެގެންހެއްޔެވެ؟ 

ޖަވާބު ވަރަށް ސާފެވެ. އަޅުކަންކުރަމުން އައި ނަމަވެސް ހިތުގައި ﷲ ތަޢާލާއަށް ބިރުވެތިކަމެއް ނެތީއެވެ. ކިބުރުވެރިކަމާއި ބޮޑާކަން ހިތުގައި އޮތީއެވެ. އާދަމްގެފާނު ޚަލްޤް ކުރައްވަވައި އާދަމަގެފާނަށް ސަޖިދަކުރަން ﷲ ތަޢާލާ އަމުރުފުޅު ކުރެއްވެވުމުން އިންކާރުކުރީއެވެ. އޭނާއަކީ މާމަތިވެރި މަޚްލޫޤެއްކަމަށް އޭނާއަށް ޤަބޫލުކުރެވުނީއެވެ. 

ދެން ކުރަންޖެހޭ ސުވާލަކީ އެކަމާއި އަހަރެމެންނާއި ހުރީ ކޮން ގުޅުމެއް ހެއްޔެވެ؟ އެސުވާލުގެ ޖަވާބަކީ އަހަރެމެންގެ ހިތުގައިވެސް ﷲ ތަޢާލާއަށް ބިރުވެތިކަން ނެތި، ހިތުގައި ބޮޑާކަމާއި ކިބުރުވެރިކަން ބާއްވައިގެން އަޅުކަންކުރާނަމަ ހަމަ އަހުރެމެންވެސް ދާނީ ފޭލްވެގެންނެވެ. ކުރާ އަޅުކަމަކުން ކުރާނެ ފައިދާއެއް ނެތެވެ. 

އެހެނީ ﷲ ތަޢާލާއަށް ބިރުވެތިކަމެއް ނެތް، ބޮޑާ، ކިބުރުވެރިން ﷲ ތަޢާލާ ސުވަރުގެއަށް ނުވައްދަވާނެކަން ސާފުކޮށް އެނގެން އޮތުމުންނެވެ. 

t is narrated on the authority of 'Abdullah b. Mas'ud that the Messenger of Allah () observed:

 

None shall enter the Fire (of Hell) who has in his heart the weight of a mustard seed of Iman and none shall enter Paradise who has in his heart the weight of a mustard seed of pride.

 

Reference

 : Sahih Muslim 91b

 

 

އެކަން މިޙަދީޘްފުޅުން މިއޮތީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާފުކޮށް އެނގޭށެވެ! ވީމާ އަޅުކަން ކުރުމުގައި މިކަންކަމަށް ސަމާލުކަންދޭށެވެ. ފުރަތަމަ ކަމަކަށް ﷲ ތަޢާލާއަށް އެންމެ ފުރިހަމަ ގޮތުގައި ބިރުވެތިވާށެވެ! އަދި ހިތުގައި ދެއްކުންތެރިކަމާއި ބޮޑާކަމާއި ކިބުރުވެރިކަން އެއްވެސް މިންވަރަކަށް ނުބާއްވާށެވެ! ކުރާ އަޅުކަމުގެ ފައިދާ ފެންނާނީ އެއިރުންނެވެ.

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން