ތިބާއަށް ފޯނު ދެއްވަވަނީ ﷲ އެވެ. ބޭނުންކުރުމުގަ ސަމާލުވާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ތިބާއަށް ފޯނު ދެއްވަވަނީ ﷲ އެވެ. ބޭނުންކުރުމުގަ ސަމާލުވާށެވެ!: މުފްތީ މެންކް

ﷲ ތަޢާލާ ވަނީ އަހުރެމެންގެ ތެރެއިން ވަރަށް ގިނަ ބައަކަށް ތަނަވަސްކަމުގެ ނިޢްމަތް ދެއްވަވައިފައެވެ. އިންސާނުންނަށް ވަނީ ޢިލްމު ދެއްވަވައިފައެވެ. އެކަން އެނގެނީ ޓެކޮނޮލޮޖީގެ ގޮތުން މިއަދު ކުރިއަރާފައިވާ މިންވަރުންނެވެ. 

ދެން އޮތީ ތަނަވަސްކަމުގެ ވާހަކައެވެ. މިތަނަށް އެއްވެ މިތިބަ އެންމެންގެ ޖީބުތަކަށް ބަލާށެވެ. ޖީބުގައި އެންމެ ފަހުގެ ފޯނެއް ނެތް މީހަކު މަދުވާނެއެވެ. ކޮންމެ މީހަކުހެން ގެންގޫޅޭނީ ސްމާޓްފޯނެކެވެ. ފޯނު ގަނެވުނީ ތަނަވަސްކަން ހުރުމުން ނޫންހެއްޔެވެ؟ 

މިހެން ބުނަން މިޖެހުނީ އެމީހަކަށް ދެއްވެވި ތަނަވަސްކަމާއިމެދު، އެތަނަވަސްކަން ބޭނުންކުރި ގޮތަކާއިމެދު ޤިޔާމަތް ދުވަހު ﷲ ތަޢާލާ ސުވާލުކުރައްވަވާނެތީއެވެ. ފައިސާ ޚަރަދުކުރި ގޮތާއިމެދު ސުވާލުކުރައްވަވާނެ ފަދައިން ފޯނުބޭނުންކުރި ގޮތާއިމެދުގައިވެސް ސުވާލުކުރައްވަވާނެތެވެ. އެއީވެސް ﷲ ތަޢާލާ ދެއްވެވި ނިޢްމަތަކަށްވާތީއެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ﷲ ތަޢާލާ ދެއްވަވާފައިވާ ކޮންމެ ނިޢްމަތެއްގެ ބޭނުންކުރަންވާނީވެސް ﷲ ތަޢާލާ އާއި އިތުރަށް ކުއްތަންވުމަށެވެ. ވީމާ ﷲ ތަޢާލާ އާއި ދުރުހެލިވެދާނެ އެއްވެސް ކަމެއް ނުކުރާށެވެ. ތަނަވަސްކަމުގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ. ފޯނުންވެސް ފާފަނުކޮށް ހެޔޮ ޢަމަލުތައް ކުރާށެވެ. ތިބާގެ ޢަމަލުތައް މީޒާނުގައި ކިރައިލެވޭހިނދު ހެޔޮކަމުގެ ކޮޅަށް ބުރަވާނެ ކަމެއް ނޫނީ ނުކުރާށެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން