ދަރިން ބަލަންޖެހުން ޢުޛުރަކަށްހަދައި ނަމާދުނުކުރެވިފަ ތިބެގެންނުވާނެ! އޮތީ ގެނެވުނު ގޮތަކުން ފިރިމީހާ ގެއަށް ގެނެސް ދަރިން ޙަވާލުކޮށްފަވެސް އަވަހަށް ނަމާދުކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 44ސ
ދަރިން ބަލަންޖެހުން ޢުޛުރަކަށްހަދައި ނަމާދުނުކުރެވިފަ ތިބެގެންނުވާނެ! އޮތީ ގެނެވުނު ގޮތަކުން ފިރިމީހާ ގެއަށް ގެނެސް ދަރިން ޙަވާލުކޮށްފަވެސް އަވަހަށް ނަމާދުކުރުން!

"އަޅުގަނޑުމެން ދެމަފިރިންނަށް ވަނީ ވަރަށް ގާތް ގާތުގައިހެން 4 ކުދިން ލިބިފައެވެ. ގާތްގާތުގައި ކުދިން ހޯދީ ކުދިން ބެލުމުގައި އެހީތެރިވެދޭނެކަމަށް ބުނެ ފިރިމީހާ އެކަމަށް އެއްބަސްވެގެންނެވެ. ފިރިމީހާ ގެ މަސަކަތް 3 ޖަހާއިއރު ނިމެއެވެ. އެކަމަކު ގެއަށް އަންނަނީ މަޣްރިބް ނަމާދު ވަޤުތު ނިމެން ކައިރިވެފައި ހުއްޓައެވެ. ދަރިން ގޮވައިގެން ނަމާދުނުކުރެވޭތީ އަޅުގަނޑަށް އިންނަން ޖެހެނީ ނަމާދުތައްވެސް ނުކުރެވިފައެވެ. ބައެއް ދުވަސްދުވަހު 2،3 ނަމާދު ޤަޟާއަށް ކުރަން އެބަޖެހެއެވެ. މިޙާލަތުގައި ޢަމަލުކުރަން އޮތް ގޮތަކީ ކޮބައިތޯއެވެ؟

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.

ބޭކާރުގޮތުގައި ގެއިން ބޭރުގައި ވަގުތުތައް ހޭދަކުރާ ފިރިންގެ އަނބިންނަށް މުފްތީ މެންކް ވަނީ ޚާއްޞަ އިލްތިމާސެއް ކުރައްވައިފައެވެ. އިމާމްގެ މިއިލްތިމާސަކީ ހަމަކޮންމެ ދެމަފިރިއަކަށްވެސް ވަރަށް މުހިންމު އިލްތިމާސެކެވެ.

ވިސްނުންތެރިކަމާއެކު ވިދާޅުވެލައްވާށެވެ!:

ނަމާދު ވަގުތު ޖެހުނީއެވެ. ފާއިތުވެގެންދަނީއެވެ. ދަރިންކޮޅު ނުވަތަ ދަރިފުޅު ގޮވައިގެން އެކަނި އުޅޭތީ ނަމާދު ނުކުރެވިފައެވެ. މިގޮތެއް ހަމަ އެއްގޮތަކަށްވެސް ކަމަކު ނުދާނެއެވެ. ފިރިމީހާއަށް ފޯނުކުރާށެވެ. ގަދަކަމުން ނަމަވެސް ދަމައި ގެއަށް ގެނުވާށެވެ! ދަރިން ހަވާލުކޮށްފައި ނަމާދުކުރާށެވެ.

ލޮބުވެތި ކަނބަލުންނޭވެ! ތިއަ ކަނބަލުންގެ ނަމާދަށް ޒިންމާވާންޖެހޭނީ ހަމަ ތިއަ ކަނބަލުންނެވެ. ފިރިމީހާވެސް އެހެން މީހަކުވެސް ޒިންމާވާކަށް ނުޖެހޭނެއެވެ.

ފިރިމީހާ އުޅެނީ އަވަދި ނެތި މަސައްކަތުގައިކަމަށް ވެއްޖެނަމަ ކޮންމެވެސް އެހެންގޮތަކުން ނަމާދުކުރާނެ ވަގުތު ހޯދާށެވެ. ނަމަވެސް މެންދުރު ނަމާދު ފިޔަވައި އެހެން ނަމާދު ވަގުތުތަކުގައި ފިރިހެނުން ގިނައިން ތިބޭނީ ކޮފީގައެވެ. ނޫނީ އެހެންވެސް ކަމެއްގައެވެ. ބައެއް ފަހަރު ކުޅިވަރު ކުޅުމުގައިވެސް އުޅެއެވެ. ނަމަވެސް އަނބިމީހާއަށް ގޭގައި އިންނަން ޖެހެނީ ނަމާދުވެސް ކޮށް ނުލެވިފައެވެ. މިއީ އެއްގޮތަކަށްވެސް އަންހެނުން ބަލައިގަނެގެންވާނެ ގޮތެއް ނޫނެވެ.

ތިއަ ލޮބުވެތި ކަނބަލުންނަށް ލިބޭ އެންމެ ބޮޑު އަނިޔާ ލިބިގަންނަނީ ހަމަ ތިއަ ކަނބަލުން އަމިއްލައަށެވެ. އެހެނީ އަންހެނުން ލިބިގަންނަ އެންމެ ބޮޑު އަނިޔާއަކީ އަޅުކަން ކުރުމަކީ ހުރިހާ ކަމެއް ކުރުމަށްފަހު ކުރާ ކަންތަކަށް ހެދުމެވެ. ނޫނީ ފިރިމީހާ އައިސް އެހީތެރިވާން ފެށުމުން ކުރާ ކަމެއް ކަމަށް ހެދުމެވެ.

މުސްލިމް މުޖުތަމައުތަކުގައި އާންމު ދިރިއުޅުމަށް ބަލައިފިނަމަ މިކަންކަން ވަރަށް ބޮޑަށް ފެނިގެންދާނެއެވެ. މިއީ ވަރަށް ދެރަ އަދި ނިކަމެތި ކަމެކެވެ. އެހެނީ ނަމާދަށް ދަރަނީ ފިރިހެނުން އެކަނި ނޫންވީމައެވެ. ފިރިހެނުންނާއި އެއްވަރަށް ހަމަ އަންހެނުންވެސް ދަރަމުންދާނެއެވެ. އެކަން ފިރިމީހާ ދަންނަންވާނެއެވެ. ނަމާދުކުރުމުގެ ފުރުޞަތު އަނބިންނަށް ހޯދައިދިނުމަކީ ފިރިންގެ މައްޗަށް އޮތް ވަރަށް ބޮޑު ވާޖިބެކެވެ.

މިގޮތަށް މިވާހަކަ ދެއްކީމާ ދަރިފުޅު ނިންދަވާލާފައި ނަމާދުކުރެވިދާނެ ކަމަށް ބުނެފާނެއެވެ. އެއީ ރަނގަޅުވާހަކައެކެވެ. ނަމަވެސް ބަލިވުން ނުވަތަ އެނޫންވެސް ކަމެއް ކުރިމަތިވެގެން ދަރިފުޅު އަތުން ދޫކޮށް ނުލެވޭ ދުވަސްތަކުގައި ހަދާނީ ކިހިނެއް ހެއްޔެވެ؟ 2،3 ދަރިން ތިބި ނަމަ ހަދާނީ ކިހިނެއް ހެއްޔެވެ؟ ހައްލަކީ ހަމަ އަނބިމީހާ ވަގުތުން ވަގުތަށް ނަމާދުކުރުމަށް ފިރިމީހާ އެހީތެރިވެ ދިނުމެވެ.

ބައެއް އަންހެނުން ދުވަހުގެ ހުރިހާ މަސައްކަތްތަކެއް ނިންމައި ދަރިންވެސް ނިންދެވުމަށްފަހު ދުވަހުގެ 5 ނަމާދު އެކުގައި އެބަ ކުރެއެވެ. ޙާލަކުން ދުވަހަކު އެފަދަ ގޮތަކަށް ކުރަން ޖެހުނު ނަމަވެސް ކޮންމެ ދުވަހަކު އެގޮތަކަށް ބަރިއަކަށް ނަމާދުކުރަން ހަމަގައިމުވެސް އަހަރެން އިރުޝާދެއް ނުދޭނަމަވެ. އަދި އެއީ އެއްވެސް ދީނީ ޢިލްމުވެރިއަކު ދެއްވާނެ ލަފައެއް ކަމަށްވެސް ޤަބޫލެއް ުކުރެވެއެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން