ޝައިޠޯނާ ކައިރިވިޔަނުދީ ދުރަށްފަށްސާނެ މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ޝައިޠޯނާ ކައިރިވިޔަނުދީ ދުރަށްފަށްސާނެ މަގު-

ދިރިހުރިހާ ދުވަހަކު ޝައިޠޯނާ އެމީހެއްގެ ފަތުން ވިއްދައިގެން އުޅޭނެއެވެ. ކިރިޔާ ފުރުޞަތެއް ލިބުނަސް އަވަސް އަވަހަށް ކައިރިވެގަންނާނެއެވެ. އޭތީގެ މަޤްޞަދު ޙާޞިލްކުރަން މަސައްކަްތކުރާނެއެވެ.

އިންސާނާ އުފަންވީންސުރެ އޭނާއާއިއެކު ޝައިޠޯނާވެއެވެ. އޭނާ ލައްވައި ފާފަކުރުވަން މަސައްކަތްކުރެއެވެ. އެހެނަސް އެމީހަކު ﷲ ތަޢާލާ ހަނދުމަކުރުމުން އެމީހާ ދޫކޮށްދުރަށްދެއެވެ. އެމީހަކީ ﷲ ހަނދުމަނުކުރާމީހަކު ކަމުގައިވެއްޖެނަމަ އެމީހަކާއިއެކު ޝައިޠޯނާ ލައްލަވަވައެވެ. އެމީހާގެ ހިތަށް ޝައިޠޯނާ ވެރިވެގަނެއެވެ.

ގިނަގިނައިން ޛިކުރުކޮށް ﷲ ތަޢާލާ ހަނދުމަކުރާ މީހަކުކަމުގައިވާށެވެ! އެއިރުން އެމީހެއްގެ ހިތުން ޝައިޠޯނާއަކަށް ޖާގައެއް ނުލިބޭނެއެވެ. ޝައިޠޯނާގެ ވަސްވާސްތަކުގެ ސަބަބުން ފާފައެއް ކުރެވުނު ނަމަވެސް ފާފަކުރެވުމާއިއެކު ހިތުގައިބިރުވެރިކަން އުފެދި ތައުބާވުމަށް އަވަސްވެގަނެވޭނެއެވެ.

ފާފަކުރެވުން ގިނަވެ ފާފަކުރަން ބިރުވެތިނުވެވެނީ ﷲ ތަޢާލާގެމަތިން ހަނދުމަނުކުރެވޭތީއެވެ. ﷲ ތައާލާގެ މަތިންް ހަނދުމަނެތި ގިނައިރުވާފަދަ ކަންކަން ނުކުރާށެވެ. އެފަދަ ކަންކަމުގައި ބައިވެރިވެސް ނުވާށެވެ! އެހެނީ ﷲ ތަޢާލާގެމަތިން ހަނދުމަނުކޮށް ގިނައިރުވުމުން އެމީހެއްގެ ހިތަށް ވެރިވެގަތުމަށް ޝައިޠޯނާއަށް ފރުޞަތުލިބި މަގުފަހިވެގެންދެއެވެ.

ވާހަކަދއްކާއިއރު ގިނަގިނައިން އަލްޙަމްދުލިﷲ، މާޝާﷲ، އިން ޝާ ﷲ ފަދަ ކަލިމަތައް ބޭނުންކުރާށެވެ! އެކަލިމަތަކީ ހަމައެކަނި ދުލުންކިޔާ އެއްޗަކަށްނުހަދައި ހިތުންކިޔާއެއްޗަކަށް ނުހަދާށެވެ! މީހަކު ނުބައިބަހެއް ބުނެފިނަމަ ވިއްދައިގެން އަޢޫޛްބިﷲ ކިޔައި ޝައިޠޯނާގެކިބައިން ރައްކައުތެރިކަމަށް އެދޭށެވެ! ގިނަގިނައިން އަޢޫޛް ކިޔުމަކީ ޝައިޠޯނާގެ ކިބައިން ސަލާމަތްކަން ލިބޭކަމެކެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން