ދަތިޙާލުގަ އުޅެންޖެހުމަކީ ޙަޤީޤީ އެކުވެރިން ދެނެގަންނަން ލިބޭ އެންމެ ރަނގަޅު ފުރުޞަތެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ދަތިޙާލުގަ އުޅެންޖެހުމަކީ ޙަޤީޤީ އެކުވެރިން ދެނެގަންނަން ލިބޭ އެންމެ ރަނގަޅު ފުރުޞަތެވެ!

އެއްދުވަހު ތަނަވަސްކަމުގައި އުޅޭ މީހުންނަށް އަނެއްދުވަހު ފަޤީރު ޙާލުގައި އުޅެންޖެހެއެވެ. އެއް ދުވަހު ގަދަވެ ސަލާމަތުން ތިބޭ މީހުންނަށް އަނެއްދުވަހު ބަލިޙާލުގައި ދިރިއުޅެން ޖެހެއެވެ. އެއްދުވަހު އުފަލުގައި ދިރިއުޅެވޭ މީހުންނަށް އަނެއް ދުވަހު ހިތާމަތައް ކުރިމަތިވެއެވެ. މިއީ ދުނިޔޭގެ ޤާނޫނެވެ. ދުނިޔެ ހިނގަމުންދާނީ މި ޤާނޫނަށެވެ.

ދިރިއުޅުމުގައި ކޮންމެ ދުވަހަކުހެން ތަފާތު މައްސަލަތައް ކުރިމަތިވެއެވެ. އަދި ކުރިމަތިވާ ބައެއް ކަންކަމުގެ ސަބަބުން ވަރަށް ބޮޑެތި ނިކަމެތިކަންވެސް ކުރިމަތިވެއެވެ. ވަރަށް ދަތިޙާލުގައިވެސް އުޅެން ޖެހެއެވެ.

އެކުވެރިއަކަށް މިފަދަ ޙާލަތެއް ކުރިމަތިވުމުން އޮތީ އެހީތެރިވެދިނުން ނަމަވެސް ގިނަ ބައަކު ކަންކަން ކުރަނީ އެގޮތަކަށް ނޫނެވެ. އެމީހަކާއި ދުރުހެލިވެއެވެ. ވަކިވެއެވެ. އޭނާގެމަތިން ހަނދާންވެސް ނައްތައިލައެވެ.

މިފަދަ ގޮތެއް ކުރިމަތިވެއްޖެ ނަމަ ދެރަވެ ހިތާމަނުކުރާށެވެ! އުފާކުރާށެވެ! އެހެނީ އެނގިގެން އެދިއައީ އޭނާގެ ޙަޤީޤަތެވެ. އޭނާއަކީ ޙަޤީޤީ އެކުވެރިއެއް ނޫންކަމެވެ. އަދި އޭނާއަކީ މުސްލިމެއްގެ ގޮތުގައި އަމަލުކުރަމުން އަންނަ މީހެއްވެސް ނޫންކަމެވެ. އެފަދަ މީހަކު އެކުވެރިއެއްގެ ގޮތުމަށްވުރެ ނެތުމުން ކުރާފައިދާ މާބޮޑުވާނެއެވެ.

ޙަޤީޤަތަކަށް ބަލައިފިނަމަ ދަތިޙާލެއް ކުރިމަތިވުމުން އެހީތެރިވެ ހިތްވަރުދޭން ތިމާއާއިއެކުގައި މަދުކުރަނީ ވަރަށް މަދު މީހެކެވެ. އެފަދަ މީހުން ކިތަންމެ މަދު ނަމަވެސް ޙަޤީޤީ އެކުވެރިންނަކީ އެއީއެވެ. އެފަދަ މީހުންނަށްޓަކައި ހެޔޮދުޢާކުރަންވާނެއެވެ! އަދި އެފަދަ މީހުންނާއިއެކު އަބަދުވެސް ސާބިތުވާންވާނެއެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން