ޙަދީޘްފުޅުގައި އޮތީ އަލްޙަމްދު ނުވަތަ ސޫރަތުލްފާތިޙާ އާއި ނުލައި ނަމާދެއް ނުލިބޭނެ ކަމަށެވެ. ވީމާ ނަމާދުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭން މިޖެހެނީ އަލްޙަމްދު ކިޔެވުމަށެވެ. އަދި ކިޔަވަންވީ ވީހައި ރިވެތިކޮށް ކަމަށްވެސް ވަނީ ޙަދީޘްފުޅުކުރައްވަވައިފައެވެ. އަވަސްއަރުވާލައިގެން ކިޔެވުމުން މަޤްޞަދު ޙާޞިލެއް ނުވެއެވެ. ނަމާދު ނަމާދަކަށްވެސް ނުވާނެއެވެ!
ވީމާ އަލްޙަމްދު ކިޔަވާއިރު ތަޖުވީދަށާއި އަކުރުތައް ފުރިހަމައަށް ކިޔަން ވަރަށް ބޮޑަށް ސަމާލުކަންދޭން ޖެހޭނެއެވެ. އިމާމާގެ ފަހަތުގައި ކިޔެވިނަމަވެސްމެއެވެ.
އެކަމުގެ ވަރަށް ކުޑަކުޑަ މިސާލެއް ބުނެލާނަމެވެ.
صِرَاطَ الَّذِیْنَ اَنْعَمْتَ عَلَیْهِمْ
ކިޔަވާއިރު ބައެއް މީހުން އަވަސް އަރުވާލައި "އަނަޢަމްތަ" އެބަކިޔައެވެ. އެހެން ކިޔެވުމުން މާނަ އެދަނީ މުޅިން ބަދަލުވެގެންނެވެ. "--އިނބަރަސްކަލާނގެ ނިޢްމަތް ދެއްވެވި މީހުންގެ މަގެވެ" ބުނުމުގެ ބަދަލުގައި އެބުނެވެނީ ތިމާ ނިޢްމަތްދިން މީހުން ކަމަށެވެ. ފުރޮޅިގެން މިދަނީ ކިހައި ނުބައިކަންބޮޑު ގޮތަކަށް ހެއްޔެވެ؟
އިޞްލާޙްކުރުމަށްޓަކައި ވީޑިއޯ އަޑުއައްސަވައިލައްވާށެވެ!