މަރުވެ ވަޅުލެވުމުން ބިންގަނޑު ތިބާއަށް މިފަދައިން ބުނާނެ މީހަކަށް ވެއްޖެނަމަ ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
މަރުވެ ވަޅުލެވުމުން ބިންގަނޑު ތިބާއަށް މިފަދައިން ބުނާނެ މީހަކަށް ވެއްޖެނަމަ ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ!

އިންސާނާ މަރުވެ ހަށިގަނޑު ކައްވަޅުގައި ވަޅުލުމުން ނުބައިކޮށް އުޅުނު މީހުންނަށް ބިންގަނޑު ބުނާނެތެވެ. 

"އޭ ﷲ ގެ އަޅާއެވެ! ﷲ ތަޢާލާ ތިބާ އުފައްދަވައި ބިމުގައި ލެއްވެވުމުން ހިތަށް އެރިހައި ގޮތަކަށް އުޅުނީ މަރުވެ ވަޅު ނުލެވޭނެ ކަމަށް ބަލައިގެން ހެއްޔެވެ؟ އަހަރެން ކަލެއަށް އިންތިޒާރު ކުރާތާ ހާދަހައިވާ ގިނަ ދުވަހެއް ވެއްޖެއެވެ. މިއަދު އެންމެފަހުން ތިއައޮތީ ކައްވަޅުގައެވެ. ކައްވަޅުގައި ހުރި ގަދަފަދަ ވޭނާއި އަޒާބު ބަލައި ލިބިގަންނަން އޮންނާށެވެ!" 

އެހެން ބުނުމަށްފަހު ހަށިގަނޑު ފިއަތައިލާނެއެވެ. ކިހައިވަރަކަށްކަން އެނގޭ ހެއްޔެވެ؟ ހަށިގަނޑުގެ ދެ ފަރާތުގެ ކަށިތައް އެއްފަރާތުން އަނެއްފަރާތަށް ނުކުންނަވަރަށެވެ. އެކަމުގެ މިސާލު ދައްކަވަމުން ރަސޫލް () ވަނީ ކަނައަތްޕުޅުގެ އިނިގިލިފުޅުތައް ވައަތްޕުޅުގެ އިނިގިލިފުޅުތަކުގެ ތެރެއަށް މައްސަވައިލައްވަވައިފައެވެ.  

އެކަމުން މީހާއަށް އަޅާނެ ވޭން ނިކަން އިޙްސާސްކޮށްލައިބަލާށެވެ! އެމީހެއްގެ ފާފަތައް ގިނަ ނަމަ މިފަދައިން ފިއްތަލެވޭނެ އަދަދު އިތުރުވާނެކަމަށް ޢިލްމުވެރިން ބަޔާން ކުރައްވަވައެވެ. އަދި ގިނަވެގެން ފިއްތައި ލެވޭނީ ކިތައް ފަހަރުކަން އެނގެން ނެތް ކަމަށްވެސް ޢިލްމުވެރިން ބަޔާން ކުރައްވައެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން