މައިން ބަފައިންނަށް ކިޔަމަން ވުމުގެތެރޭގައި އެދެމީހުންހުންގެ ކުރިމަތީ ނިކަމެތި ކަމުގެފިޔަ ތިރިކޮށްލާށެވެ. އަދި އުފް ވެސް ނުބުނާށެވެ. މިހެން އަންގަވާފައި ވެއެވެ . އަޅުގަނޑުގެ ސުވާލަކީ ކައިވެނި ކުރުމަށް މައިން ބަފައިން ނުރުހޭނަމަ އެކުއްޖާ އަކީ ދިރިއުޅުމެއް ފަށަން ތައްޔާރުވެފައިވާ ކުއްޖެއްނަމަ މިފަދަ ހާލަތުގައި ކަންކުރަން އެންމެ ރަގަނޅު ގޮތަކީ ކޮބާތޯއެވެ ؟ އަދި މައިންބަފައިންގެ ނުރުހުމުގައި ކައިވެނި ކޮށްފިނަމަ ކުއްޖާ ފާފަވެރިވާނެތޯއެވެ، މައިން ބަފައިންނަށް ނުކިޔަމަންތެރިވީ ކަމުގައި ވާނެތޯ އެވެ ؟
الحمدللهوالصلاةوالسلامعلىرسولاللهوعلىآلهوصحبه، أمابعـد:
ފުރަތަމަ މައްސަލަ: މައިން ބަފައިންނަށް ކިޔަމަން ގަތުން:
މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ހުރިހާ ކުދިންގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. އަންހެން އަދި ފިރިހެން ކުދިން މިކަމުހައި ހަމަހަމަ ވެގެންވެއެވެ. ﷲ ގެ ވަޙީ ބަސްފުޅުގައިވެއެވެ.
(وَقَضَىرَبُّكَأَلَّاتَعْبُدُواإِلَّاإِيَّاهُوَبِالْوَالِدَيْنِإِحْسَانًاإِمَّايَبْلُغَنَّعِنْدَكَالْكِبَرَأَحَدُهُمَاأَوْكِلَاهُمَافَلَاتَقُلْلَهُمَاأُفٍّوَلَاتَنْهَرْهُمَاوَقُلْلَهُمَاقَوْلًاكَرِيمًاوَاخْفِضْلَهُمَاجَنَاحَالذُّلِّمِنَالرَّحْمَةِوَقُلْرَبِّارْحَمْهُمَاكَمَارَبَّيَانِيصَغِيرًا)الإسراء/23، 24
މާނައަކީ: " ﷲ އަށް މެނުވީ އަޅުކަން ނުކުރުމަށާއި މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ ނިޔާ ކަނޑައަޅުއްވާ އެންގެވިއެވެ. އެދެމީހުންކުރެ ކޮންމެ މީހަކު ނުވަތަ އެދެމީހުންކުރެ އެކަކު ކަލޭގެ ގާތުގައިވާ ހާލު މުސްކުޅިކަމާހަމައަށް ފޯރައިފިނަމަ އެދެމީހުންނަށް "أف"ވެސް ނުބުނާށެވެ. އަދި އެދެމީހުންނަށް އަޑު ހަރުކޮށް ބަސްބުނެ ނޫޅޭ ހުށިކަމެވެ. އަދި އެދެމީހުންނަށް މާތް ބަހުން ބަސްބުނާ ހުށިކަމެވެ. އަދި އޯގާވެރިވމުގެ ގޮތުން، އެދެމީހުންނަށްޓަކައި ނިކަމެތިކަމުގެ ފިޔަގަނޑު ތިރިކޮށްލާށެވެ. އަދި މިފަދައިން ބުނެ ދުޢާކުރާށެވެ. އޭހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާ ކުޑަކުއްޖެއްގެ ގޮތުގައި ވީހިދު އެދެމީހުން މިއަޅާ ބަލާ ބޮޑުކުރިފަދައިން އެދެމީހުންނަށް ރަޙުމަތް ލައްވާނދޭވެ. " އަދިވެސް އެހެން އާޔަތެއްގައި ވަޙީ ކުރެއްވިއެވެ.
( وَاعْبُدُوااللَّهَوَلَاتُشْرِكُوابِهِشَيْئًاوَبِالْوَالِدَيْنِإِحْسَانًا ) النساء/36
މާނައީ: " ތިޔަބައިމީހުން މާތްﷲ އަށް އަޅުކަން ކުރާށެވެ. އަދި އެކަލާނގެއަށް ޝަރީކު ނުކުރާށެވެ. އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތާހުށިކަމެވެ."
وروى البخاري (527) ومسلم (85) عن عَبْدِ اللَّهِ بن مسعود رضي الله عنه قَالَ سَأَلْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( أَيُّ الْعَمَلِ أَحَبُّ إِلَى اللَّهِ ؟ قَالَ : الصَّلَاةُ عَلَى وَقْتِهَا . قَالَ : ثُمَّ أَيٌّ ؟ قَالَ ثُمَّ بِرُّ الْوَالِدَيْنِ . قَالَ : ثُمَّ أَيٌّ ؟ قَالَ الْجِهَادُ فِي سَبِيلِ اللَّهِ )
މާނައަކީ: ބުޚާރީ އާއި މުސްލިމުގައި ޢަބްދުﷲ ބިން މަސްޢޫދުގެ ފަރާތުން ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ. " ތިމަން ކަލޭފާނުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ އަރިހުން ސުވާލު ދެންނެވީމެވެ. (މާތްﷲ ގެ ހަޟްރަތުގައި އެންމެ ހެޔޮކަން ބޮޑު ޢަމަލަކީ ކޮބައިތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. ނަމާދު އޭގެ ވަގުތުގައި އަދާކުރުމެވެ. ދެން ކޮންކަމެއްތޯ ދެއްނުވުމުން ޙަދީޘްކުރެއްވިއެވެ. މައިންބަފައިންނަށް ހެޔޮކޮށްހިތާށެވެ. ދެންކޮންކަމެއްތޯ ސުވާލު ދެންނެވުމުން ޙަދީޘްކުރެއްވިއެވެ. ﷲ ގެ މަގުގައި ޖިހާދު ކުރާ ހުށިކަމެވެ.)"
وروى البخاري (5971) ومسلم (2548) عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ : جَاءَ رَجُلٌ إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ : يَا رَسُولَ اللَّهِ مَنْ أَحَقُّ النَّاسِ بِحُسْنِ صَحَابَتِي قَالَ أُمُّكَ قَالَ ثُمَّ مَنْ قَالَ ثُمَّ أُمُّكَ قَالَ ثُمَّ مَنْ قَالَ ثُمَّ أُمُّكَ قَالَ ثُمَّ مَنْ قَالَ ثُمَّ أَبُوكَ )
މާނައި: " ބުޚާރީއާއި މުސްލިމުގައި އަބޫހުރައިރާގެ ކިބައިން ރިވާވެފައިވާ ޙަދީޘެއްގައިވެއެވެ. (މީހަކުއައިސް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއާއި ސުވާލު ކުރެއްވެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. މީސްތަކުންގެ ތެރެއިން ތިމަންނާ އެންމެ ހެޔޮކޮށްހިތުން ޙައްޤުކަން ބޮޑީ ކާކުތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. ކަލާގެ މަންމައެވެ. ދެން ކާކުތޯ ސުވާލުދެއްނެވުމުން ޙަދީޘްކުރެއްވިއެވެ. ކަލޭގެ މަންމައެވެ. ދެން ކާކުތޯ ސުވާލު ދެންނެވުމުން ޙަދީޘްކުރެއްވިއެވެ. ކަލޭގެ މަންމައެވެ. ދެން ކާކުތޯ ސުވާލު ދެންނެވުމުން ޙަދީޘްކުރެއްވިއެވެ. ކަލޭގެ ބައްޕައެވެ."
އިސްވެދިޔަ އާޔަތްތަކުންނާއި ޙަދީޘްތަކުން ދޭހަވަނީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ހުރިހާ ދަރިންގެ މައްޗަށް ލާޒިމު ކަމެއްކަމެވެ. މީގައި ފިރިހެން ކުއްޖެއް، އަންހެން ކުއްޖެއް ތަފާތުވުމެއް ނެތްކަމެވެ.
(އަދި ނުނިމޭ)
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް