ފަރުޟް ނަމާދެއް ނުއަޅައި 5 ނަމާދު ހަމައަށްކުރަންޖެހޭ ސަބަބާ އެކަމުން ލިބޭ ބައެއް ބޮޑެތި ފައިދާތައް-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ފަރުޟް ނަމާދެއް ނުއަޅައި 5 ނަމާދު ހަމައަށްކުރަންޖެހޭ ސަބަބާ އެކަމުން ލިބޭ ބައެއް ބޮޑެތި ފައިދާތައް-: މުފްތީ މެންކް

ބައެއް މީހުން ސުވާލުކުރެއެވެ. ކޮންމެ ދުވަހަކު 5 ނަމާދު ކުރަން ފަރުޟުކުރައްވަވާފައި މިވަނީ ކީއްވެގެން ހެއްޔެވެ؟ އެކަމަށް އެހައި ބޮޑު ސަމާލުކަމެއް ދޭން ޖެހިފައި މިވަނީ ކީއްވެގެން ހެއްޔެވެ؟ އެހެންވެ އަހުރެންގެ ވިސްނުމުން ކޮންމެވެސް މިންވަރެއްގެ ޖަވާބެއް ދެވޭތޯ ބަލައިލާނަމެވެ. 

ﷲ ތަޢާލާ ފަރުޟުކުރައްވަވާފައިވާ ކޮންމެ ކަމަކީވެސް އެކަމެއްކުރަން ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ ކަންކަމެވެ. އަދި ނަމާދަށް އެންމެ ބޮޑު ސަމާލުކަމެއް ދިނުމަށް އޮތީ އެއީ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ އަޅުކަންކަމުގައިވާތީއެވެ. 

ދެވަނަ ކަމަކީ ނަމާދުކުރުމުން އަހަރެމެންނަށް ލިބެން އޮތް ބޮޑު ފައިދާއެވެ. އަހަރެމެން ކިތަންމެ ގިނައިން ނަމާދުކުރިނަމަވެސް އެކަމަކުން ﷲ ތަޢާލާއަށް ލިބިވޮޑިގަންނަވާނެ އެއްވެސް ފައިދާއެއް ނެތެވެ. އަދި އެންމެ ނަމާދެއް، އެންމެ ސަޖިދައެއް ނުކުރިނަމަވެސް ލިބިވޮޑިގަންނަވާނެ ގެއްލުމެއްވެސް ނެތެވެ. 

އެކަމުން އެނގެނީ ނަމާދުކުރުމުން އަހަރެމެންނަށް ލިބެން އޮތް ބޮޑު ފައިދާއެވެ. މަންފާއެވެ. ޘަވާބެވެ. ނިޢްމަތްތަކެވެ. ނިކަން ވިސްނައިލަބަލާށެވެ! ފަތިސްނަމާދުކޮށްފައި މެންދުރުނަމާދުކުރުމުން އެމީހަކަށް އެދމެދުގައި ކުރެވުނު ހުރިހާ ކުދި ފާފަތަކެއް ފުއްސަވައިދެއްވަވައެވެ. އެގޮތަށް 5 ނަމާދު ބަރާބަރަށް ކުރުމުން ނުވަތަ ކުރާނަމަ މުޅި ދުވަހު ކުރެވުނު ހުރިހާ ކުދިފާފަތަކެއް ފުއްސަވައި ދެއްވަވަތެވެ. އެކަމުން ޤިޔާމަތް ދުވަހު އެމީހަކަށް ކުރާނެ ބޮޑު ފައިދާއަށް ވިސްނައިލާށެވެ. 

- މުފްތީ މެންކުގެ ދަރުސަކުން  

 

މިއަދު އޮންލައިން