އަޅުގަނޑަށް މީހުންގެ ފަރާތުން މަޢުލޫމާތު ލިބިފައިވާ ގޮތުން އަސުރު ނަމާދުވަގުތުގައި، ނުކުރެވިގެން، ފަހުން އެނަމާދު ކުރާއިރު ހަވީރު 17:00ގެ ފަހުންއެ ނަމާދު ކުރުމަކީ ރަނގަޅުކަމެއް ނޫންކަމަށް ބުނެއެވެ. މިކަމުގެހަޤީޤަތަކީ ކޮބައިތޯ؟
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم، وبعد:
ކޮންމެ ނަމާދެއްވެސް ކުރުން އެންމެ ރަގަޅީ އެނަމާދެއްގެ އެންމެ ކުރީކޮޅުގައެވެ. އެވަގުތުގައި ނުކުރެވުނަސްވެސް މަޣްރިބް ނަމާދު ވަގުތު ޖެހުމަށް ދާންދެން ޢަޞްރުގެ ވަގުތު ދެމިގެންވެއެވެ. والله أعلم.
އިތުރު ސުވާލެއް:
ޖުނުބުގެހަދަޝް އެރެގަނެފައި ހަމަ ވަގުތުން ހިނައި ގަނެފައި ނަމާދު ކުރެވޭނެތޯ؟ އަދި ނަމާދު ކުރަން ހުއްޓާ މަނި ބޭރުވެއްޖެނަމަ ދެން ކިހިނެއް ވާނެތޯ؟
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم، وبعد:
ޖުނުބުވެރިވެއްޖެ ނަމަ ނަމާދު ކުރުމުގެ ކުރިން ފެންވަރައި ޖުނުބު ކަނޑަން ޖެހޭނެއެވެ. ނަމާދަށް ހުއްޓާ މަނި ބޭރުވެއްޖެނަމަ ނަމާދު ދޫކޮށް، ފެންވަރައިގެން އަލުން ނަމާދު ކުރާނީއެވެ.
والله أعلم.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް