ބަރަކާތުން ފުރިގެންވާ ރަމަމާން މަސް ދާދިގާތްވީއެވެ. ކުރިން ސުންނަތް ނަމާދުތައް ނުކުރާ ބައެއް މީހުންވެސް ސުންނަތް ނަމާދުތައްކުރަންފަށާނެއެވެ. އިން ޝާ ﷲ
އެހެންކަމުން ތިރީގައިވާ މަޢުލޫމާތަކީ ފައިދާކުރާނެ މަޢްލޫމާތެއްކަމަށް ދެކެމެވެ.
އަޅުގަޑު ސުންނަތް ނަމާދު ކުރަން ބޭނުމެވެ. ސުންނަރް ނަމާދުތަކުގެ ނިޔަތާއި ކިޔާތަކެތި ބުނެދީ ފާނަން ހެއްޔެވެ،؟؟ ސުކުރިއްޔާ
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم، وبعد:
ނިޔަތަކީ ހިތުން ގަންނަ އެއްޗެކެވެ. ދުލުން ކިޔާ އެއްޗެއް ނޫނެވެ. ވުމާއިއެކު، އެމީހަކު ކުރަން ގަސްދު ކުރާ ނަމާދެއް ކުރުމަށް ހިތަށް އަރުވާނީއެވެ. ނިޔަތާއި ގުޅޭ ގޮތުން އިތުރު ތަފްޞީލު ބެއްލެވުމަށް މިލިޔާ ލިންކަށް ޒިޔާރަތް ކޮށްލައްވާށެވެ.
http://www.mvislamqa.com/beta/views.asp?questionID=506
ސުންނަތް ނަމާދުގައި ކިޔުމަށް ވަކި ޚާއްޞަ ޛިކުރުތަކެއް ވާރިދުވެފައެއް ނުވެއެވެ. ފަރުޟު ނަމާދުތަކުގައި ވެސް ކިޔާ ޛިކުރުތައް ކިޔުމުން އިން ޝާ ﷲ ފުދޭނެއެވެ. والله أعلم.
- ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް