ނިދިން ޢަޛާބު ލިބިގަންނަ މީހުންނާ ނިދިން ޘަވާބު ހޯދާމީހުން-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ނިދިން ޢަޛާބު ލިބިގަންނަ މީހުންނާ ނިދިން ޘަވާބު ހޯދާމީހުން-: މުފްތީ މެންކް

ރޭގަނޑުވެ ޢިޝާނަމާދު ވަޤުތުޖެހި ޢިޝާނަމާދުކުރުމަށްފަހު އެމީހަކު ކޮންމެހެން ކުރަންޖެހޭ ކަމެއްކުރަން ނޫނީ ހޭލައި ނުތިބުމަށް ރަސޫލް ޙަދީޘްފުޅު ކުރެއްވެވީ ﷲ ތަޢާލާގެ ވަޙީ ބަސްފުޅު އެކަމަށް އޮތުމުންނެވެ.  

"އެކަލާނގެއީ، ރޭގަނޑު ނިވަލެއްކަމުގައި، އަދި ނިދުމަކީ އަރާމެއްކަމުގައި ލައްވައި، އަދި ދުވާލަކީ، ދިރިއުޅުން ހޯދުމަށް އުޅޭވަގުތެއްކަމުގައި ލެއްވި ރަސްކަލާނގެއެވެ."

(އަލް ފުރްޤާން: 47)  

މީސްތަކުންނޭވެ! ނިދާށެވެ! ނިދަން އޮތް ވަޤުތުތަކުގައެވެ. މަސައްކަތްކުރަން އޮތް ވަޤުތުތަކުގައެއް ނޫނެވެ. ވަކިން ޚާއްޞަކޮށް ނިދަން އޮތް ތަންމަތީގައެވެ. ނިދަން އޮތް ތަނުގައެވެ. އެއިރުން ނިދުމުންވެސް އެކުރެވެނީ އަޅުކަމެކެވެ. އެހެނީ އެކަމެއް ކުރަން ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކުރާ ކޮންމެ ކަމަކީ ޘަވާބު ދެއްވަވާނެ އަޅުކަމެކެވެ.  

(އެމީހަކު ނިދަން އޮތް ތަނަކީ އެމީހަކު ދިރިއުޅޭ ތަނެވެ. ނިދަން އޮތް ތަންމައްޗަކީ ކައިވެނިކޮށްގެން ހުރިނަމަ ދެމަފިރިން އެކުގައެވެ. ކައިވެނި ނުކޮށް އެކަނި ހުރިނަމަ އެކަންޏެވެ. ކައިވެނިކޮށްގެން ހުރިނަމަވެސް އެކަނި ދިރިއުޅެންޖެހިފައިވާނަމަ އެކަންޏެވެ. މާނައަކީ ހިލޭ މީހަކާއިއެކު ނުނިދާށެވެ.) 

ދެން އޮތީ ނިދިން ޢަޛާބު ލިބިގަތުމެވެ. ނިދަންވީ ގޮތް މިބަޔާންކުރީއެވެ. މިކަންކަން ދޫކޮށް ނިދަން ނުޖެހޭ ވަޤުތުތަކުގައި، ނިދަން ނުޖެހޭ ތަނުގައި، ނިދައިގެން ނުވާނެ ތަންމަތިތަކުގައި ނިދާނަމަ އެމީހަކަށް އެކަމުން ލިބޭނީ ޢަޛާބެވެ. ބިރުވެތިވާށެވެ!  

ނިދުމަކީ އަހަރެމެންނަށް ކޮންމެހެން ބޭނުންވާ ކަމެކެވެ. ނިދަންވާ ގޮތަށް ނިދުމަކީ އެތައް ގޮތަކުން ހަމަޖެހުން ލިބޭ ކަމެކެވެ. އުފާވެރިކަމާއި ހިތްހަމަޖެހުންވެސް ލިބޭ ކަމެކެވެ. އެހެންކަމާއިއެކުގައިވެސް ނިދުމުން ވެސް ޘަވާބިު ދެއްވަވާތީ އެކަމުންވެސް އެނގިގެންދަނީ ﷲ ތަޢާލާގެ ދީލަތިވަންތަކަމެވެ. އޮތީ ޝުކުރުވެރިވެ ޘަވާބު ލިބިގަންނަން މަސައްކަތްކުރުމެވެ.  

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން