ވާންވީ ހިތް މުއްސަންޖަކު ކަމުގައެވެ! ސުވަރުގެވަދެވޭ މީހުންގެ ތެރޭގައި ގިނަވާނީ ހިތް މުއްސަނދިން ކަމަށްވާތީއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ވާންވީ ހިތް މުއްސަންޖަކު ކަމުގައެވެ! ސުވަރުގެވަދެވޭ މީހުންގެ ތެރޭގައި ގިނަވާނީ ހިތް މުއްސަނދިން ކަމަށްވާތީއެވެ!

ޢާންމު ގޮތަކަށް ބަލައިފިނަމަ ދުނިޔޭގައި މިއުޅެނީ ދެވައްތަރެއްގެ މުއްސަނދިންނެވެ. އެއީ ފައިސާ އާއި މުދަލުގެ ގޮތުން މުއްސަނދިންނާއި ހިތް މުއްސަނދިންނެވެ. މިއީ މުޅިން ތަފާތު ދެވައްތަރެއްގެ ބައެކެވެ. އެމީހުންގެ މަޤްޞަދުތަކާއި ބޭނުންވާ ގޮތާއި ބޭނުންވާ ކަންކަންވެސް ތަފާތުވާނެއެވެ.

ފުރަތަމަ ހިތް މުއްސަނދިންނަށް ބަލައިލަމާ ހިނގާށެވެ. ތަނަވަސްކަމާއި ފަޤީރުކަންވަނީ އޭނާގެ ހިތުގައެވެ. ހިތަށް މުއްސަނދިކަން ލިބިފައިވާ މީހާ ދުނިޔޭގައި އުޅެންޖެހޭ ދަތިޙާލާއިމެދު ކަންބޮޑެއް ނުވާނެއެވެ! އަބަދުވެސް ހުންނާނީ ﷲ ތަޢާލާ ދެއްވެވި މިންވަރަށް ފުދި އިތުރުވެގެންނެވެ.

އެއި ޚިލާފަށް ހިތަށް މުއްސަނދިކަން ލިބިފައިނުވާ މީހާ އަބދުވެސް އުޅޭނީ ލިބޭ މިންވަރުމަދުވެގެންނެވެ. ކިތަންމެ ގިނައިން ލިބުނު ނަމަވެސް އެފަދަ މީހުންގެ ހިތެއް ނުފުރޭނެއެވެ.

ހިތުގެ މުއްސަނދިކަން ލިބިނުގަތުމަކީ އެމީހަކު އަމިއްލައަށް އެމީހާގެ ރޫޙަށް ދެވޭ އެންމެ ބޮޑުއަނިޔާއެވެ. އެހެނީ އޭނާގެ ދަހިވެތިކަން ބޮޑުކަމުން ތަނަވަސްކަން އިތުރުކުރަން ވިސްނަން ހަދައިގެން ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރާނެ ވަގުތު އެމީހަކަށް ނުލިބޭނެއެވެ. ކުރަންޖެހޭ އަޅުކަން އޮންނާނީ ނުކުރެވިފައެވެ. ފަރުޟުނަމާދުތައްވެސް އޮންނާނީ ނުކުރެވިފައެވެ.

ކުޑަ މިސާލެއް ބުނެފާނަމެވެ. ގާދިޔާދަމާ މީހާއަށް ބަންގީގެ އަޑުއިވުމުން ގާޑިޔާ ބާއްވާފައި ތާހިރުވެލައި ވުޟޫކޮށްގެން ނަމާދަށް އަރައެވެ. އެވަގުތު މަސައްކަތްނުކުރުމުން ލިބޭ އާމްދަނީ މަދުވެދާނެކަމަށް ބިރެއް ނުގަންނާނެއެވެ. އެއީ އޭނާގެ ހިތް ފުރިފައިވާތީއެވެ. ނަަމަވެސް ހިތް ނުފުރޭ ވިޔަފާރިވެރިންނަށް ބަންގީގެ އަޑު އިވުމުން ނަމާދަށް ނުގޮސް ފިހާރަހުޅުވައިގެން ތިބެއެވެ. އެއީ އެވަގުތުގައި ލިބިދާނެ ވިޔަފާރިއަކަށް ދަހިވެތިކަން ބޮޑުވުމުންނެވެ. އެހެނަސް ހިތް ފުރިފައިވާ ވިޔަފާރިވެރިޔާ އަވަސްވެގަންނާނީ ފިހާރަ ބަންދުކޮށްފައި ގޮސް ނަމާދުކުރުމަށެވެ!

ފައިސާވެރި މުއްސަނދިންނަށްވުރެ ގިނައިން ހިތް މުއްސަނދި މީހުން ސުވަރުގެ ވަންނަ ޢަދަދުގިނަވަނީ އެހެންވެގެންނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން