ބުލެޓް ޕްރޫފް ޖެކެޓް އަޅައި ބްލެޓް ޕްރޫފް ކާރުގަ އުޅެފަ، ބްލެޓް ޕްރޫފްކުރި ސަންދޯކެއްގަ ވަޅުލެވުނަސް "ޢަޛާބް ޕްރޫފެއް" ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ބުލެޓް ޕްރޫފް ޖެކެޓް އަޅައި ބްލެޓް ޕްރޫފް ކާރުގަ އުޅެފަ، ބްލެޓް ޕްރޫފްކުރި ސަންދޯކެއްގަ ވަޅުލެވުނަސް "ޢަޛާބް ޕްރޫފެއް" ނުވާނެ!

އިންސާނުންނަކީ ވަރަށް ގިނަ އައްޑަނަ ތަކަކަށް ބޭނުންވާ ބައެކެވެ. އެއީ ތިމާ ސަލާމަތުން ހުރުމަށްޓަކައެވެ. ނަރަކައަށް ވަންނަން ނުޖެހި ސަލާމަތްވުމަށްޓަކައެވެ. އަދި ދުނިޔަވީ ޙަޔާތް ކާމިޔާބުކުރުމަށްޓަކައެވެ. 

އެހެނަސް މީސްތަކުން މިއަދު ސަމާލުކަންދެނީ ދުނިޔޭގެ ޙަޔާތް ދިފާޢުކުރާނެ އައްޑަނަތަކަށެވެ. ތިމާގެ ފުރާނަ ސަލާމަތްކޮށްދޭނެ އައްޑަނަތަކަށެވެ. ނަރަކައިން ސަލާމަތްކޮށްދޭނެ އައްޑަނަތަކަށް ސަމާލުކަންދެނީ ވަރަށް މަދު މީހެކެވެ. 

ދެން ބަލައިލަންވީ ނރަކައިން ތިމާ ސަލާމަތްކޮށްދޭނެ އައްޑަނައަކީ ކޮބައިތޯއެވެ. އެއައްޑަނައަކީ ފާފަ ނުކުރުމެވެ. ފާފަނުކޮށް ހުންނަން މަސައްކަތްކުރުމެވެ. އެއާއިއެކު ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން ގަދައަޅައި މަސައްކަތްކުރުމެވެ. އެކަންކަން ޙާޞިލުކުރެވިއްޖެނަމަ އެއީ ތިބާ އާއި ނަރަކަ ޢާއިދެމެދުގައި ލެވޭ އައްޑަނައަކަށްވެގެންދާނެއެވެ. އިން ޝާ ﷲ 

މިއީ އެއްވެސް މީހަކަށް ލިބިގަންނަން އުނދަގޫ އައްޑަނައެއް ނޫނެވެ. އެއައްޑަނަ ބޭނުންވެގެން ހޯދަން ަމސައްކަތްކުރާ ކޮންމެ މީހަކަށްވެސް ދެއްވަވާނެއެވެ. މީސްތަކުންނޭވެ! ބުލެޓްޕްރީފް ކާރުގައި އުޅުނަސް، ބުލެޓް ޕްރޫފް ޖެކެޓް ލައިގެން އުޅުނަސް ވަށައިގެން ހަށިފާރަވެރިން ބައިތިއްބައިގެން އުޅުނަސް މަރުވުމުގެ ވަޤުތުޖެހުމުން މަރުވާނެއެވެ. 

ތިމާ ލެވޭ ސަންދޯކަކީ "ޢަޛާބް ޕްރޫފް" ސަންދޯކަކަށް ނުހެދޭނެއެވެ! ދުނިޔޭގެ އެންމެ ވަރުގަދަ އެންމެ އަގުބޮޑު މަޢްދަނުން ސަންދޯކެއް ހަދައި ސަންދޯއް ބްލެޓް ޕްރޫފްކޮށް އޭގައި ވަޅުލެވުނަސް "ޢަޛާބް ޕްރޫފެއް" ނުވާނެއެވެ. ޢަޛާބުން ސަލާމަތް ވެވޭނެ ހަމައެކަނި ގޮތަކީ މިބުނި ފަދަ އައްޑަނައެއް ލިބިގަތުމެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން