މުފްތީ މެންކް ވީހާ ގިނައިން ރޯދަހިފާ ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
މުފްތީ މެންކް ވީހާ ގިނައިން ރޯދަހިފާ ސަބަބު-

ބައެއް މީހުން ސުންނަތް ރޯދަ ހިފަނީ ޞިއްޙީ ފައިދާއެއް ލިބިގަތުމަށެވެ. އެކަމަކު އަހުރެން ރޯދަހިފަނީ ޞިއްޙީ ފައިދާއަކަށް އެދިގެނެއް ނޫނެވެ. ރޯދަ ހިފަން ﷲ ތަޢާލާ އަންގަވާފައިވާތީއެވެ. އެއީ މަތިވެރި ސުންނަތަކަށްވާތީއެވެ. ރޯދަ ހިފުމުން ދެއްވަވާނެ ނިޢްމަތްތައް ނިންމަވާނީ ﷲ ތަޢާލާއެވެ. އެކަމަކަށް އަހުރެން ނުވިސްނަމެވެ.  

އެކަމަށް އަހުރެން ވިސްނި ނަމަވެސް އަންނާނެ ބަދަލެއްވެސް ނުއޮންނާނެއެވެ. ވީމާ އަހުރެންނަށް ވެވުނު ވަރަކުން އަހުރެން ސުންނަތް ރޯދަތައްވެސް ހިފަނީއެވެ. ދެއްވަވާނެ ބައި ވަކީލްކުރަނީ ﷲ ތަޢާލާއަށެވެ.  

އަހުރެން ޤަބޫލުކުރާ ގޮތުގައި ﷲ ތަޢާލާ ކުރަން އަންގަވާފައިވާ ކަމެއް ކުރުމުން ޘަވާބުގެ އިތުރުން ބޯނަސް ފައިދާތައްވެސް ދެއްވަވާނެއެވެ. އެއިގެ ތެރޭގައި ޞިއްޙަތާއި ތަނަވަސްކަމާއި އެހެންވެސް ކަންކަމުން ރަނގަޅު ގޮތްތައް މިންވަރުކުރެއްވެވުން ހިމެނިގެންވާނެއެވެ. އެކަމަކަށް އަހުރެން އެއްވެސް ވަރަކަށް ޝައްކެއް ނުކުރަމެވެ.  

އަހުރެން އިލްތިމާސްކުރާނީ ކޮންމެ މީހަކުވެސް އެމީހަކަށް ހިފުނުހައި ގިނައިން ރޯދަހިފުމަށެވެ. ރޯދަހިފަންވީ އެކަންކުރަން ﷲ ތަޢާލާ އަންގަވާފައިވާތީއެވެ. ރޯދަ ހިފުމުން ކުރާނެ ފައިދާއަށް ނުވިސްނައި އެކަން ކުރިން ބުނިފަދައިން ﷲ ތަޢާލާއަށް ވަކީލްކުރާށެވެ. އެއިރުން ފުދި އިތުރުވެގެންދާނެއެވެ. އިން ޝާ ﷲ  

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން