"އޯ މައި ގޯޑް" ނުބުނާށެވެ! ކިޔާނެ މާރަނގަޅު ކަލިމަތައް އެބަހުއްޓެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
"އޯ މައި ގޯޑް" ނުބުނާށެވެ! ކިޔާނެ މާރަނގަޅު ކަލިމަތައް އެބަހުއްޓެވެ!: މުފްތީ މެންކް

ބައެއް މީހުން ކަމެއްވާއިރަށް "އޯ މައި ގޯޑް" ބުނެއެވެ. މުސްލިމަކު އެހެން ބުނުމުން އެދައްކަނީ ﷲ ތަޢާލާގެ ވާހަކަކަން އެނގޭނެއެވެ. އަދި އެހެންބުނުމަކީ މަނާވެގެންވާ ކަމެއްކަމަކަށްވެސް ނުބުނަމެވެ. އެހެންކަމާއިއެކުވެސް އަހުރެންގެ ނަޒަރުގައި އެއީ މުސްލިމުން ބުނަން އެހައި ރަނގަޅު ބަހެއް ނޫނެވެ. 

އެހެނީ ކަންކަން ކުރިމަތިވުމުން ﷲ ތަޢާލާއަށް ނިޞްބަތްކޮށް ބުނާނެ މާފުރިހަމަ، މާ ފައިދާހުރި ކަލިމަތައް އެބަހުއްޓެވެ. 

އެގޮތުން:

لاَ إِلَهَ إِلاَّ اللَّهُ ، سُبْحَانَ اللّه، ، اَلْحَمْدُ لِلّٰهِ

ما شاء الله، تبارك الله

ފަދަ ކަލިމަތައް ކިޔާށެވެ. އެއަށްވުރެ އިތުރަށް ބުނަން ބޭނުންވެއްޖެނަމަ: 

"لا حول ولا قوة إلا بالله"

ފަދަ ކަލިމަތައް ކިޔާށެވެ! 

މުސްލިމުން ﷲ ތަޢާލާގެ ނަންފުޅު ގަނެ، ބަސްބުނަންވާނީ އެންމެ މަތިވެރިކަންބޮޑު ކަލިމަތަކުންނެވެ. ފުރިހަމަ ގޮތުގައި ﷲ ތަޢާލާ މަތިވެރިކުރުމަކީ އެއީއެވެ. ކޮންމެއަކަސް ބައެއް މީހުން މިކަމުގައި ސުވާލުކުރާތީ އަހުރެންގެ ވިސްނުން ހާމަކޮށްލީއެވެ، މިކަމުގައި ޚާއްޞަ އަމުރެއް ނެރުނީއެއް ނޫނެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން