ސީރިޔާ އާއި ތުރުކީގެ ސަރަޙައްދުތަކަށް އައި ބިންހެލުމަށް ބަލައިފިނަމަ އެއީ ދުނިޔޭގެ ތާރީޚުގައި އައި އެންމެ ބޮޑު ބިންހެލުންކަމަށް ބުނާކަމަށް ބުނާކަށް ނުއެނގެއެވެ. ނަމަވެސް އަހުރެން ދުނިޔޭގައި އުޅުނު 50 އަހަރަށް ބަލައިފިނަމަ އެއީ ތަޖުރިބާކުރެވުނު އެންމެ ބޮޑު ބިންހެލުމެވެ. އެންމެ ގިނަބައަކަށް ބޮޑެތި ގެއްލުންތައް ލިބި ޙާލުގައި ޖެހުނު ބިންހެލުމެވެ.
ބައެއް މީހުން އެބަ ސުވާލުކުރެއެވެ. "ޙާލުގައި ޖެހުނު މީހުންނަށް ޞަދަޤާތްކުރުން ރަނގަޅުވާނީ ރަމަމާން މަހުގައި ހެއްޔެވެ؟" ޖަވާބަކީ ނޫނެކެވެ. މިހާރުއެވެ. ރަމަޟާާން މަހުގެ ކުރިއަށް ބައަކަށް މިފަދަ ބޮޑު މުޞީބާތެއް ކުރިމަތިކުރެއްވެވުމުން ރަމަޟާން މަހަށް މަޑުކުރަން ހެޔޮނުވާނެއެވެ. އަވަހަށް އެހީތެރިވާށެވެ. ތިބާގެ ނިޔަތް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ ޘަވާބު ދެއްވަވާނެ މިންވަރާއިމެދު ނުވިސްނާށެވެ. ޞަދަޤާތް ދިނުމަށް އަވަސްވެގަންނާށެވެ. އަތުގައި ހުރި ޒަކާތު ފައިސާއިންވެސް އެހީތެރިވާށެވެ.
(ބައެއް ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި މިފަދަ ބޮޑެތި ކަންކަން މެދުވެރިވުމުން ކުރިއަށް ހުރި އަހަރުތަކުގައި ނެރެްނހުރި ޒަކާތު ފައިސާއިންވެސް ޞަދަޤާތްކުރެވޭނެއެވެ. ކޮވިޑާއި ގުޅިގެންވެސް ޢިލްމުވެރިން އެގޮތަށް ގޮވާލެއްވިއެވެ.)
މިއަހަރުގެ ރަމަޟާން މަހު ޞަދަޤާތްކުރަން އެއްކޮށްގެން ހުރި ފައިސާއިން މިހާރު ޚަރަދު ކޮށްފިނަމަ ރަމަޟާންމަހު ޞަދަޤާތްކުރާނެ ފައިސާ އިތުރަށް ދެއްވެވުމަށްވެސް ކުޅަދުންވަންތައެވެ. އަދި ކީއްހެއްޔެވެ؟ ރަމަޟާން މަހުގައި ޞަދަޤާތްކުރިނަމަވެސް ޘަވާބު ދެއްވަވާނެ މިންވަރު ކަނޑައަޅުއްވަވާނީ މިހާރު ޞަދަޤާތްކުރުމުންވެސް ޘަވާބު ދެއްވަވާނެ މިންވަރު ކަނޑައަޅުއްވަވާނެ ﷲ ތަޢާލާއެވެ. ވީމާ އެކަމަށް ވިސްނާކަށް އަހުރެމެންނަކަށް ނުޖެހެއެވެ. ބޭނުންވަނީ ރަނގަޅު ނިޔަތާއި އިޚްލާޞްތެރި ޢަމަލެވެ.
- މުފްތީ މެންކުގެ ދަރުސަކުން