މިހާރުގެ ކޮޓަރިތައް ކުޑަވެ ނަމާދުކުރާނެ ޖާގަ ކޮޓަރީގައި ނެތުމުން ލޯގަނޑު ހުންނަ އަލަމާރިފަދަ ތަކެތީގެ ކުރިމަތީގައި ހުރެގެން ނަމާދުކުރަން އޮންނަނީ ޖެހިފައެވެ. އެއީ އެއްވެސް މައްސަލައެއް ނޫނެވެ. ނަމަވެސް އެލޯޣަނޑު އެތަނުގައި ހުރިކަން އެނގިގެންވެސް ނުވާނެއެވެ. މާނައަކީ ނަމާދަށް ހުރެ އެއްވެސް ވަރަކަށް ލޯގަނޑަށް ބަލައި ހެދުން ފަދަ އެއްވެސް ކަމެް ކޮށްގެން ނުވާނެއެވެ. ސަބަބަކީ ލޯގަނޑަށް ބެލޭނަމަ ނަމާދުން ބޭރު ފިކުރުތައް އަންނާނެތީއެވެ.
މިކަމާއި ގުޅިގެން ޝައިޚް ޙަސަން މޫސާ ފިކުރީ ވިދާޅުވެފައިވެއެވެ.
"ލޯގަނޑެއްގެ ކުރިމަތީ ހުރެގެން ކުރާ ޞައްޙަ ވާނެއެވެ. އެ ލޯނގަޑު ހުރީ ނަމާދު ކުރަން ހުރި މީހާއާ ދިމާލުން ކުރިމަތީގައި ކަމުގައިވެފައި، އަދި ނަމާދު ކުރާމީހާ ލޯގަނޑުން ފެންނަން ހުރިކަމުގައިވިޔަސް، އޭނާގެ ނަމާދު ޞައްޙަ ވެގެންވެއެވެ. އެހެނެއްކަމަކު ނަމާދަށް ހުންނަ މީހާ، އޭނާގެ ނަމާދުން ބޭރު ޚިޔާލުތައް ގެނުވާ ހުރިހާ ކަމަކުން ދުރުހެލިވުމަށް މަސައްކަތް ކުރަންޖެހޭނެއެވެ.