މަރުގެ މަލާއިކަތާ ލޮލަށް ފެނުމާއި ހަމައަށް މުސްލިމުންނަކީ ދެން އެހެން ގޮތެއް ނެތް ކަމަށް ޤަބޫލުކޮށްގެންވާނެ ބައެއް ނޫން!: ޑރ. ބިލާލް ފިލިޕްސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
މަރުގެ މަލާއިކަތާ ލޮލަށް ފެނުމާއި ހަމައަށް މުސްލިމުންނަކީ ދެން އެހެން ގޮތެއް ނެތް ކަމަށް ޤަބޫލުކޮށްގެންވާނެ ބައެއް ނޫން!: ޑރ. ބިލާލް ފިލިޕްސް

ކޮންމެ އިންސާނަކަށްވެސް "ދެން އެހެން ގޮތެއް ނެތޭނީ" ހަމަ އެންމެ 2 ޙާލަތެއްގައެވެ. އެތަނުން އެއް ޙާލަތަކީ އެމީހެއްގެ ލޮލަށް މަރުގެ މަލާއިކަތާ ފެނުމެވެ. އެހިސާބުން ގޮތްހުސްވީއެވެ. ތައުބާގެ ދޮރު ބަންދުވީއެވެ. މަރުވުމުގެ ވަޤުތު ޖެހުނީއެވެ. އެވަޤުތަކީ ކޮންމެ ވަޤުތަކުވެސް ޖެހިދާނެ ވަޤުތެއް ކަމަށް ބަލައި އަބަދުވެސް ތައުބާވުންމަތީގައި ހުންނަންވީ އެހެންވެގެންނެވެ.

އެވަގުތާއި ހަމައަށް މުސްލިމުންނަކީ އެއްވެސް ކަމެއްގައި ގޮތް ހުސްވެވާނެ ބައެއްނޫނެވެ. އަދި ގޮތް ހުސްވެގެންވާނެ ވެސް ބައެއް ނޫނެވެ. ކިތަންމެ ބޮޑު މުޞީބާތެއް ކުރިމަތިވިނަމަވެސް އުންމީދާއެކު ދުޢާކުރަންވީއެވެ. ﷲ ތަޢާލާއަށް ވަކީލްކުރަންވީއެވެ.

ދެވަނަ ޙާލަތަކީ ޤިޔާމަތް ދުވަހު އެމީހާގެ ފަތް އެމިހާގެ ވާތަށް ލިބުމުންނެވެ. ނަރަކައަށް ވަންނަން ޖެހޭ މީހަކު ކަނޑައެޅި ނިމުމުންނެވެ. އެމީހެއްގެ ވައަތަށް ފަތް ލިބިއްޖެނަމަ އެމީހަކަށް ސަލާމަތްކަމެއް ނެތެވެ. މިޙާލަތު ކުރިމަތިވާނީ ކުރިން މިބަޔާންކުރި ޙާލަތާއިމެދު ޣާފިލުވެ ފަރުވާކުޑަކޮށްލެވުމުންނެވެ.

ދެން ބަލައިލަންވީ ދުނިޔޭގައި ސަލާމަތުންހުރެ ގޮތް ހުސްވަނީ ކީއްވެގެންތޯއެވެ!

"ޝައިޠާނާ އަހަރެމެންގެ ލޯތައް ކަނުކޮށްލަނީ. އަމިއްލައަށް މީހުން މަރުވަނީ އެހާލަތަށް ދިއުމުން. އެހާލަތުން ސަލާމަތް ކުރެއްވެވުން އެދިވަޑައިގެން ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) އަބަދުވެސް ދުޢާ ކުރެއްވެވި. އެ ފަދައިން ދުޢާ ކުރުންމަތީގައި ދެމިތިބޭނަމަ ޑިޕްރެޝަންގެ މައްސަލަ ކުރިމައްޗެއް ނުވާނެ".

"ޤްރްއާނަކީ ޝިފާއެއް. އެކަން ޔަޤީންކުރަންވީ. އެކަން ޔަޤީންކޮށްގެން ހުންނަ މީހާ ޑިޕްރެޝަނަކަށް ނުދާނެ. ޝައިޠާނާގެ ވަސްވާސްތަކުން ސަލާމަތް ކުރައްވަވާނެ. އޮތީ ކެތްތެރިވާން ދަސްކުރުން. ކެތްތެރިކަން ހޯދޭނީ އީމާންކަން ހަރުދަނާކޮށްގެން."

"އިންނާލިﷲ ވައިންނާއިލައިހި ރާޖިޢޫން" އަކީ ހަމައެކަނި މީހަކު މަރުވުމުން ކިޔަން އޮތް ދުޢާއެއް ނޫނެވެ. މުޞީބާތުގެ ވަގުތުތަކުގައި ކިޔަން އޮތް ދުޢާ އެކެވެ. ކޮންމެ ފަދަ މުޞީބާތެއްގެ ވަގުތުގައި ނަމަވެސް މެއެވެ.

--ޑރ. ބިލާލް ފިލިޕްސްގެ ދަރުސަކުން

 

މިއަދު އޮންލައިން