"ދަރިންނަށް ދޭން އެންމެ ރަނގަޅު ނަޞޭޙަތަކީ ކޮބައިތޯ؟"
މިއީ ކިޔުންތެރިއަކު ކުރައްވާފައިވާ ސުވާލެކެވެ. ކިޔުންތެރިޔާއަށް ދަންނަވާލަން އޮތީ ސުވާލު ތަފްޞީލުކޮށްލެއްވި ނަމަ ބޭނުންފުޅުވާ ކަންކަން އޮޅުންހިލައި ބޭނުންފުޅުވާ ޖަވާބު އަރުވަން ފަސޭހަވީހެވެ. ތިރީގައިވާ ލިޔުމަކީ ވެސް އެންމެ އަގުހުރި ނަޞޭޙަތެވެ.
ކޮންމެ މީހަކީވެސް އެމީހާގެ ދަރިންނަށް އެންމެ އަގުހުރި ނަޞޭޙަތްދޭން ބޭނުންވާނެ މީހެކެވެ. އެހެންކަމުން ކީރިތި ޤުރްއާނުގައި ބަޔާންވެގެންވާ ނަޞޭޙަތްތައް ދިނުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. އެންމެ އަގުހުރި ނަބޭޙަތަކީ ހަމައެއީއެވެ.
ލުޤުމާނުގެފާނެ، އެކަލޭގެފާނުގެ ދަރިކަލުންނަށް ދެއްވި ނަޞޭޙަތްޕުޅުގެ ވާހަކަ ކީރިތި ޤުރުޢާނުގެ ސޫރަތުލް ލުޤުމާން ގައި އައިއްސައިވެއެވެ. އެކަލޭގެފާނުގެ ދަރިކަލުންނާއި ވާހަކަފުޅުދެއްކެވީ ވަރަށް ލޯބިންނެވެ. އެހެންނަމަވެސް ދެއްވެވީ ވަރަށް އަގުހުރި ނަސޭހަތްފުޅެކެވެ. އެކަލޭގެފާނުގެ ދަރިކަލުން އަޑު އަހާ ހިތްވާނެފަދަ ގޮތަކަށެވެ.
" .. އޭ ދަރިފުޅާއެވެ! ﷲ އަށް ތިބާ ޝަރީކަ ނުކުރާށެވެ. ޝަރީކުކުރުމަކީ ބޮޑުވެގެންވާ އަނިޔާއެކެވެ." ( 13 )
"---ތިމަންރަސްކަލާނގެއަށާއި ތިބާގެ މައިންބަފައިންނަށް ޝުކުރު ކުރާށެވެ. " ( 14 )
" އޭ ދަރިފުޅާއެވެ! ހަމަކަށަވަރުން، އެ ޢަމަލަކީ ރެވިއޮށްޓަރެއްގެ ބަރުދަންހުރި ޢަމަލެއްކަމުގައިވިޔަސް، ހިލައެއްގެ ތެރޭގައިވިޔަސް، ނުވަތަ އުޑުތަކުގައިވިޔަސް، ނުވަތަ ބިމުގެ ތެރޭގައިވިޔަސް ޤިޔާމަތް ދުވަހުން ﷲ އެޢަމަލެއް ގެންނަވާނެތެވެ. ހަމަކަށަވަރުން، ﷲއީ އޯގާވަންތަކަން ބޮޑު، ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." ( 16 )
" އޭ ދަރިފުޅާއެވެ! ތިބާ ނަމާދު ޤާއިމު ކުރާށެވެ! އަދި ހެޔޮ ކަންތައްތަކަށް އަމުރުކުރާށެވެ! އަދި ނުބައި ކަންތައްތައް ނަހީކުރާށެވެ! ތިބާއަށް ޖެހޭ މުޞީބާތަށް ކެތްކުރާށެވެ! ހަމަކަށަވަރުން، އެކަންވަނީ، ޢަޒުމު ކަނޑައަޅަންޖެހޭ ކަންތައްތަކުގެ ތެރެއިންނެވެ. " (17)
" އަދި މީސްތަކުންނަށް ކިބުރުވެރިވެ ތިބާގެ ކޯތާފަތް އަނބުރާނުލާށެވެ! އަދި ބޮޑާވެގެންވާ ހާލު ބިމުގައި ނުހިގާށެވެ. ހަމަކަށަވަރުން، ކިބުރުވެރިވެ ފަޚުރުވެރިވާ އެއްވެސް މީހަކުދެކެ ﷲ ލޯބިވެވޮޑިގެންނުވެތެވެ. " ( 18 )
" އަދި ތިބާ ހިނގާ ހިންގުމުގައި މެދުމިނަށް ހިނގާށެވެ! އަދި ތިބާގެ އަޑު މަޑުކުރާށެވެ! ހަމަކަށަވަރުން، އަޑުތަކުގެ ތެރެއިން އެންމެ ހުތުރުވެގެންވާ އަޑަކީ ޙިމާރުގެ އަޑުކަން ކަށަވަރެވެ. " ( 19 ) سورة لقمان
މިއީ ލުޤުމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ދެއްވެވި ނަޞޭޙަތްޕުޅެވެ. ﷲ ޞުބުޙާނަހޫ ވަޠަޢާލާ އެކަލޭގެފާނަކީ ޙިކުމަތްތެރި ބޭކަލެއްގެ ގޮތުގައި ސިފަކުރައްވާފައިވަނީ އެކަލޭގެފާނު ދެއްވެވި ނަޞޭހަތުގެ ފުރިހަމަކަމާއި ވަރުގަދަކަމުންނެވެ. އެހެންނޫންނަމަ އެނަޞޭޙަތްފުޅު ކީރިތި ޤުރުޢާނުގައެއްނުވާނެތެވެ. ވިސްނައިފި މީހަކަށް މެނުވީ އެއީ ފުރިހަމަވެގެންވާ